އޮޅުވާލައިގެން އެކި މީސްމީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާ އަނބުރާ ނުލިބޭ ހާލަތުގައި ފަައިސާގެ ބަދަލުގައި މުދާތައް ވެސް ހޯދަމުން ދިޔަ މީހަކު ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.
30 ނޮވެމްބަރ 2025
އޮޅުވާލައިގެން އެކި މީސްމީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާ އަނބުރާ ނުލިބޭ ހާލަތުގައި ފަައިސާގެ ބަދަލުގައި މުދާތައް ވެސް ހޯދަމުން ދިޔަ މީހަކު ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، ނަގަމުންދިޔަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބ. ތުޅާދޫ، މަންޒަރުގެ، މުހައްމަދު ޝާވިން، 23، އެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ ޑޮލަރު ވިއްކާ ވައިބަ ގްރޫޕަކުން މީހަކު 1،250 ޑޮލަރު ފޮނުވުމުން އެއަށްވާ ފައިސާ ނުދިން މައްސަލައެއްގައި ހުޅުމާލެ އިން މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 1،250 ޑޮލަރު ރިކަވާކޮށް، އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ ވެސް ރިކަވާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ދެ މައްސަލާގައި ރިކަވާކުރި ފައިސާގެ އަދަދެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ ޝާވިންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
އެކި ހިދުމަތްތައް ދޭ ކަމަށް ބުނެ ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރުކޮށް، މަކަރާއި ހީލަތުން އޭނާ ހޯދާ ފައިސާ ފޮނުވުމަށް އެދެނީ އެކި ވިޔަފާރިގެ ނަމުގައި ހުޅުވާފައި ހުންނަ ބޭންކް އެކައުންޓަކަށް ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ހިދުމަތްތައް ދޭނެ ކަމަށް ބުނެ އެ ހިދުމަތަށްވާ ފައިސާ އެކި ވިޔަފާރި އެކައުންޓުތަކަށް މަކަރާއި ހީލަތުން ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ޝާވިން ނަގަމުން ދިޔަ ކަމަށެވެ. އަދި ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެ ފައިސާއަށްވާ މުދާ އޭނާ ނަގަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހިދުމަތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ފޮނުވަން ބުނާ އެކައުންޓް ނަންބަރުގައިވާ ވިޔަފާރިއަކީ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ބައެއްތޯ ބަލައި ޔަގީން ކުރުމަށާއި ވިޔަފާރި އެކައުންޓަށް ޖަމާވާ ފައިސާ އަނބުރާ ހޯދުމަށް ގުޅާ ނަމަ އެ ފައިސާއަކީ ކޮންގޮތަކުން ޖަމާވި ފައިސާއެއްތޯ، ފައިސާ ހަވާލުކުރުމުގެ ކުރިން ޔަގީން ކުރުމަށާއި ޝައްކު ކުރެވޭ ކަމެއް ވާ ނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސްކޭމްތަކުގައި ގެއްލުނު 200،000 ރުފިޔާ ހޯދައިފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ސްކޭމްތަކުގައި އެންމެ ގިނަ ފައިސާ ރިކަވާކުރީ ރާއްޖެއިން
ޖަރީމާ ހިންގި ޓެލެގްރާމް ޗެނަލްގެ އަޑީގައި ދެމަފިރިން
ސްކޭމްތައް ދުވާލަކު ތިން މައްސަލައިގެ ރޭޓުގައި!
ސްކޭމަރުންގެ ނަމްބަރުތައް އެނގޭނެ އެޕެއް ހަދަނީ
ސައިބާކްރައިމް ހުއްޓުވުމާ ބެހޭ މުއާހަދާއަށް ރުހުންދީފި
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު