Roadha Mihaaru
400 ގޯތި ވިއްކުމުގެ ހުރިހާ ކަމެއް އެޗްޑީސީއަށް

ހުޅުމާލޭގެ 400 ގޯތި ވިއްކުމުގެ ހުރިހާ ކަމެއް އެޗްޑީސީއާ ހަވާލުކޮށްފި

11 އޮކްޓޯބަރ 2018

ހުޅުމާލެއިން ވިއްކާ 400 ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމާއި އަދި އެއާ ގުޅޭ ހުރިހާ ކަމެއް ވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ކުރިއަށް ގެންދާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ހުޅުމާލެއިން ވިއްކާ 400 ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމާއި އަދި އެއާ ގުޅޭ ހުރިހާ ކަމެއް ވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ކުރިއަށް ގެންދާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރިއަށް ގެންދަވާ ނިއުސް ކޮންފަރެންސްގައި ވިދާޅުވީ، ފޯމު ދެން ދޫކުރުމާއި ބަލައިގަންނާނީ އެޗްޑީސީއަށް ކަމަށެވެ. އަދި މިހާތަނަށް ގާތްގަނޑަކަށް 5،100 ފޯމު ހައުސިން މިނިސްޓްރީ އަށް ބަލައިގެންފައިވާއިރު، އެއިން އެއްވެސް ފޯމެއް ބާތިލް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ހުރިހާ ފޯމަކާއި ޑޮކިއުމަންޓެއް އެޗްޑީސީއާ މިއަދު ހަވާލު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ގޯތި ގަންނަން ހުށަހަޅަންޖެހޭ ފޯމު ދެން ދޫކުރަން ފަށާނެ އިރަކާއި ބަލައިގަތުން ހުއްޓައިލާނެ ދުވަހެއް ވެސް ކަނޑައަޅާނީ އެޗްޑީސީންނެވެ. ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ ހައުސިން މިނިސްޓްރީން ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ އަންނަ އާދީއްތަ ދުވަހެވެ.

މިނިސްޓަރު ވިދާޅުވީ، އެ މުއްދަތު އިތުރު ކުރުމާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އެޗްޑީސީއަށް ދަންނަވާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މިހާރު ކުރިއަށް ގެންދަވާ ނިއުސް ކޮންފަރެންސްގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މިހާރު ކުރިއަށް ގެންދަވާ ނިއުސް ކޮންފަރެންސްގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުއިއްޒު ވިދާޅުވީ ފޯމު ދޫކުރުމާއި ބަލައިގަތުން ވެސް އެޗްޑީސީއާ ހަވާލުކުރީ ހައުސިން މިނިސްޓްރީގެ ގޯތި ތެރޭގައި، ބޭނުންވާ މިންވަރަށް ޖާގަ ނެތުމުން ކަމަށެވެ. އަދި އާންމުންނަށް ކުރިމަތިވި ދަތިތަކަށް ވަރަށް ބޮޑަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް މިނިސްޓަރު ވިދާޅުވި އެވެ.

ގޯތި ވިއްކުމުގެ ފޯމު ކުރިން ހައުސިން މިނިސްޓްރީން ދޫކޮށް ބަލައިގަންނަމުން އައި ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފޯމު ބަލައިގަންނާނީ ވެސް އެޗްޑީސީއަށް ކަމަށެވެ. ގޯއްޗަށް ދައްކާ ފައިސާ ބަލައިގަތުމާއި ގުރުއަތުލުން ކުރިއަށް ގެންދާނީ އެޗްޑީސީން ކަމަށް ހައުސިން މިނިސްޓްރީން ކުރިން އޮތީ ބުނެފަ އެވެ.

ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ހައުސިން މިނިސްޓްރީން މިވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ.