13 އޮކްޓޯބަރ 2018
މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން އެހެން ގޮތަކަށް ބަދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރައްވާ ކަމަށާއި ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ކުރާ ކަންކަމަށް ހުރަސް އަޅައި، އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅަންޖެހޭ ކޮންމެ ބަޔަކަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން މިއަދު ދީފި އެވެ.
މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން އެހެން ގޮތަކަށް ބަދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރައްވާ ކަމަށާއި ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ކުރާ ކަންކަމަށް ހުރަސް އަޅައި، އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅަންޖެހޭ ކޮންމެ ބަޔަކަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން މިއަދު ދީފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯ އިން ކުރި ޓްވީޓެއްގައި ބުނީ އިންތިޚާބަށް ފަހު ރާއްޖޭގައި ކަންކަން ހިނގާ ގޮތުން ކަންބޮޑުވާ ކަމަށެވެ.
The US is concerned by troubling actions by outgoing Pres Yameen that threaten to undermine the will of the Maldivian people, and will consider appropriate measures against anyone who undermines a peaceful transfer of power in #Maldives - @StateDept Dep. Spokesperson Palladino pic.twitter.com/COM1HLKdJZ
— State_SCA (@State_SCA) October 13, 2018
އެ ބިއުރޯގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ޕާސަން ރޮބަޓް ޕައްލަޑީނޯ ނެރުއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބާ ގުޅޭ މައްސަލައެއް، ޕީޕީއެމްގެ ކެންޑިޑޭޓު އަދި އެ އިންތިޚާބުގައި ބޮޑު ތަނުން ބަލިވި، ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި، އިންތިޚާބު ބާތިލް ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވާއިރު، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ވެސް އެކި ކަހަލަ އިންޒާރުތައް ދީ ބިރު ދައްކާ ކަމަށެވެ.
އެކަންކަމާ ކަންބޮޑުވުން ފާޅު ކުރައްވައި އޭނާ ވިދާޅުވީ އަންނަ މަހުގެ 17 ވަނަ ދުވަހު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުން ލަސްކޮށް ނުވަތަ ހުރަސް އަޅާ ނަމަ އެމެރިކާ އިން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ބިިއުރޯގެ ވެރިޔާ އެލިސް ވެލްސް މިދިޔަ ބުދަ ދުވަހު ރާއްޖެ ވަޑައިގެންފައިވާއިރު އޭނާ ވަނީ، އިދިކޮޅު ކޯލިޝަންގެ އިބޫ އާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.
ޕައްލަޑީނޯ ވިދާޅުވިގޮތުގައި، އިބޫގެ ސަރުކާރާ އެކު އެމެރިކާ އިން މަސައްކަތްކޮށް، ރާއްޖޭގައި ޑިމޮކްރަސީ ދަމަހައްޓަން އެހީވެދޭނެ ކަމަށް، އެ ބައްދަލުވުންތަކުގައި އެލިސް ވަނީ ހާމަކުރައްވައިފަ އެވެ.
އިންޑިއާގެ ނޫހަކަށް ކުރިން ދިން އިންޓަވިއުއެއްގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ވިދާޅުވެފައި ވަނީ، ރާއްޖޭގައި ޑިމޮކްރަސީއާ ހިލާފަށް ކުރާ ކަންތައްތަކާއި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވަން ހުރަސްއަޅާ ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އިންތިޚާބުގެ ކުރިން ވެސް ދީފައި ވާނެ ކަމަށެވެ.
"ޑިމޮކްރަސީ ފުނޑާލަން ކުރާ އެއްވެސް ކަމެއްގައި އެމެރިކާ އަދި އެމެރިކާއާ ގުޅުން ހުރި ގައުމުތަކުން ބަލައެއް ނުގަންނާނަން. ރައްޔިތުން ނިންމި ނިންމުން ބަލައިގަނެ އެކަމަށް އިހުތިރާމް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އިންޑިއާގެ ނޫހާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވެ އެވެ.
ރައީސްގެ ތަގުރީރު ފުރިހަމަ، ފަޚުރުވެރިވަން: ނަޝީދު
ހުސް ވާހަކަތަކެއް، ތަންފީޒެއް ނުކުރެވުނު: ޔާމީން
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ޔާމީނަށް ލުއި ދެވޭނީ ކޯޓު މަރުހަލާ ނިމުމުން: ރައީސް
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް
ރައީސްގެ އެމެރިކާ ދަތުރަށް 4.1 މިލިއަން ޚަރަދުކުރި