14 އޮކްޓޯބަރ 2018
އިސްލާމީ ޝަރީއަތުގައި ސިއްރު ހެކި ބަހަކީ އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިއްރު ލިޔުންތަކަކާއި ސިއްރު ހެކިންތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.
އިސްލާމީ ޝަރީއަތުގައި ސިއްރު ހެކި ބަހަކީ އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިއްރު ލިޔުންތަކަކާއި ސިއްރު ހެކިންތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށެވެ. އަދި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އަދި އެއްވެސް އިމާމެއްގެ ބަސް ފުޅުގައި ސިއްރު ހެކި ބަހުގެ ވާހަކަ ނެތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
Sirru hekibahakī Islāmī sharīathugai onna echcheh nūn. Kīrithi Qur’ānugai ves kīrithi rasūlāge sunnathugai ves evves imāmeh ge bas fulhugai ves sirru hekibahuge vāhakaeh neiy.
— Maumoon Abdul Gayoom (@maumoonagayoom) October 14, 2018
މައުމޫން މިރޭ ކުރެއްވި ޓުވީޓު.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން، އެ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑު އެހުންތައް މިއަދު ފެށި އިރު، ސިއްރު ހެކިވެރިންގެ ގޮތުގައި ހުށަހަޅަނީ ކިތައް މީހުން ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި ދައުވާ ސާބިތު ކުރަން އަށް ލިޔުމެއް ހުށަހެޅި އިރު، އޭގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތަށް ހުށަހެޅި ބިޑްތަކުގެ މައުލޫމާތު ހިމެނޭ ލިޔުންތަކުގެ އިތުރުން އެ މަސައްކަތް ހަވާލުކުރި އެމް7 ކުންފުންޏާ ބެހޭ މައުލޫމާތު ހިމެނޭ ލިޔުމެކެވެ.
ލިޔުންތަކުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަންގެ ބައެއް މުވައްޒަފުންނާއި ނޭޝަނަލް ކޮމްލެއިންޓްސް ބިއުރޯގެ ބައެއް މުވައްޒަފުންގެ ބަޔާންތަކެއް ވެސް ހިމެނެ އެވެ. އަދި ވޯޓު ކަރުދާހުގައި ފާހަގަ ޖެހަން ބޭނުންކުރި ކަމަށް ބުނާ އަނގޮޓީގެ ފޮޓޯއަކާއި އެފަދަ އަނގޮޓިއަކުން ކަރުދާހެއްގައި ފާހަގަ ޖެހުމަށް ތައްޔާރު ވެފައިވާ ފޮޓޯއެއް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެ އެވެ.
އަޑު އެހުމުގައި ސިއްރު ލިޔުންތަކާއި ހެކިވެރިންތަކެއް ހުށަހެޅުމުން، އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ހެކިވެރިންގެ ހެކިބަސް ސިއްރުން ނަގަން ޖެހޭ ގާނޫނީ ސަބަބެއް ދެއްކިފައި ނުވާ ކަމަށާއި ޖިނާއީ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތައް ފިޔަވައި ސިއްރުން ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސިއްރު ހެކިވެރިންނާ މެދު ގޮތެއް ނިންމަވާނީ އެކަމާ މެދު ބަހުސް ކުރުމަށް ފަހު ކަމަށެވެ.
މައުމޫންގެ ހެއްކާ ގުޅޭ ޓްވީޓް ޑިލީޓް ކުރައްވައިފި
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ވެރިކަން ވައްޓާލަން އުޅުނީ މައުމޫނު އިސްވެ: ޔާމީން
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
އިންތިހާބު ސައްހަ ނޫން ކަމުގެ ބަޔާނަށް އާދޭސް ކުރަނީ
ޕީޕީއެމް މައްސަލަ ނެގީ ޝަކުވާ ބަލާތީ: ސުޕްރީމް ކޯޓް
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
އިންތިޚާބާ ގުޅޭ ހުކުމް އަޑުއަހަން ގިނަ ބަޔަކު ކިއޫއަށް
މަސައްކަތް ހުއްޓާލާނީ އިންސާފު ލިބުނީމާ: އަބްދުއްރަހީމް
އިންތިޚާބު ބާތިލްކުރަން ހިސާބު އަދަދެއް ވެސް ނުބުނެވޭ