Roadha Mihaaru
ބޮޑެތި އާއިލާތުގައި ކެންސަރުގެ ނުރައްކާ ކުޑަ: ދިރާސާ

ބޮޑެތި އާއިލާތުގައި ކެންސަރުގެ ނުރައްކާ ކުޑަ: ދިރާސާ

18 އޮކްޓޯބަރ 2018

ބޮޑު އާއިލާއަކަށް ނިސްބަތްވާ ނަމަ އެ މީހަކަށް ކެންސަރުގެ ނުރައްކާ ކުޑަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ބޮޑު އާއިލާއަކަށް ނިސްބަތްވާ ނަމަ އެ މީހަކަށް ކެންސަރުގެ ނުރައްކާ ކުޑަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވަސިޓީ އޮފް ޒިއުރިކްގެ ނިއުސް ރިލީޒެއްގައި ބުނީ 178 ގައުމަކުން މައުލޫމާތު އެއްކޮށްގެން ބެލި އިރު، ކުދި އާއިލާތަކުގެ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު، ބޮޑެތި އާއިލާތަކުގެ މީހުންނާ އަޅާބަލާއިރު ބޮޑު ކަމަށެވެ. އާއިލާތަކުގެ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތާއި އުމުރަށް ބަލާއިރު ވެސް މިކަމުގައި ތަފާތެއް ނެތް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި، އިންސްޓްޓިއުޓް އޮފް އިވޮލިއުޝަނަރީ މެޑިސިންގެ ގެސްޓް ޕްރޮފެސަރެއް ކަމަށްވާ މެސީޖް ހެނެބާގް ވިދާޅުވީ މި ދިރާސާގައި އާއިލާ ކަމުގައި ބަލާފައި ވަނީ މަންމަ އާއި ބައްޕާ އާއި ދަރިން އެކަނި ނޫން ކަމަށެވެ. އެކަމަކު ދުރުތާ ތިމާގެ މީހުން ވެސް ހިމެނޭ ގޮތަށެވެ.

ބީއެމްސީ ކެންސަ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން، އާއިލާ ބޮޑުވުމުން ކެންސަރުން ރައްކާތެރިވުމުގެ ބާރު ބޮޑީ އަންހެނުންނަށް ވުރެ ފިރިހެނުންނަށެވެ.

ނަމަވެސް ދިރާސާގައި ބުނީ މިއީ އާއިލާ ބޮޑުވުމާއި ކެންސަރާ ދުރުވުމާ ގުޅުމެއް ހުރިކަން ހާމަވާ ދިރާސާއެއް ކަމަށާއި މިއީ ކީއްވެ، ކިހިނެއް ވާ ކަމެއްކަން ނޭނގޭ ކަމަށެވެ. އެހެންވެ މިއީ އާއިލާ ބޮޑުވުމުން ކެންސަރުން ރައްކާތެރިކޮށްދޭކަން ކަށަވަރުކޮށްދޭ ހޯދުމެއް ނޫންކަން ހަނދާންކޮށްދީފައިވެ އެވެ.

މި ދިރާސާގައި ބުނި ގޮތުގައި އާއިލީ މައްސަލަތަކާ ހުރެ ހާސްކަން ބޮޑުވިޔަސް އާއިލާގެ ސަބަބުން ރައްކާތެރިކަމާއި އުފާވެރިކަން ވެސް ގެނެސްދޭތީ މިކަމުން ބަލިތަކާ ދެކޮޅަށް ހަށިގަނޑުގެ މަސައްކަތް ވަރުގަދަ ވެސް ކޮށްދޭ ކަމަށެވެ.