ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ޔުކްރޭންގެ މީހަކު "މަރުވެފައިވާ" ކަމަށް ހެދިގެން ފްރާންސްގައި މުއްސަނދި ދިރިއުޅުމެއް އުޅެމުން ދަނިކޮށް ހައްޔަރުކޮށްފި އެވެ.
20 އޮކްޓޯބަރ 2018
ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ޔުކްރޭންގެ މީހަކު "މަރުވެފައިވާ" ކަމަށް ހެދިގެން ފްރާންސްގައި މުއްސަނދި ދިރިއުޅުމެއް އުޅެމުން ދަނިކޮށް ހައްޔަރުކޮށްފި އެވެ.
ނަން ހާމަކޮށްފައި ނުވާ އެ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ. ޔޫރަޕޯލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ފްރާންސްގެ ބާގަންޑީގައި ހުރި އަގު ބޮޑު ގެއެއްގައި ވަރަށް މުއްސަނދި ދިރިއުޅެމުން އުޅެމުން ދަނިކޮށެވެ. ހައްޔަރު ކުރި އިރު، ރޯލް ރޮއިސް ކާރާއި 4.6 މިލިއަން ޔޫރޯ ވެސް އޭނާގެ އަތުގައި ހުއްޓެވެ.
ޔޫރަޕޯލް އިން ކުރި ޓްވީޓެއްގައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ގެޔާއި ބޭނުން ކުރަމުން ދިޔަ ކާރުގެ ފޮޓޯ ވެސް ހިމަނައިފަ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ގަނޑުވަރުގެ އަގު އެކަނި ވެސް ތިން މިލިއަން ޔޫރޯ އަށް އަރަ އެވެ.
French @Gendarmerie arrest Ukrainian ‘King of the Castle’ and seized over EUR 4 million, with Europol's support. The suspect is thought to be behind a complex case of international #fraud and #moneylaundering.
— Europol (@Europol) October 16, 2018
Read more: https://t.co/esIVkLwzDN pic.twitter.com/vC6LHzO3g3
ޔޫރަޕޯލްގެ ޓްވީޓް.
ބީބީސީން ބުނި ގޮތުގައި ޔުކްރެއިންގެ ފުލުހުން ތަހުގީގު ކުރަމުން ދިޔަ މައްސަލާގައި ފްރާންސުން ހައްޔަރު ކުރި މީހާގެ ނަމަކީ މެލިނޯސްކީ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ މައްސަލަތަކާ ގުޅިގެން ޔުކްރޭންގެ ކަމާބެހޭ ފަރާތްތަކުން "މެލިނޯސްކީ" ހޯދަން ފެށުމުން އޭނާ ވަނީ ފޯޖްކޮށްފައިވާ ލިޔުންތަކެއް ހަދައިގެން "މަރުވެއްޖެ" ކަމަށް އަންގައިފަ އެވެ.
If all I have to do to live in a castle and have a Rolls Royce is to fake my own death, sign me up https://t.co/uCjMHsuUWH
— Victoria (@QueenV628) October 16, 2018
މީހަކު ފާޅުކޮށްފައިވާ ޝުއޫރެއް.
"މަރުވެފައިވާ" މީހަކު ފްރާންސުގައި ޝާހީ ދިރިއުޅުމެއް އުޅެމުން ދަނިކޮށް ހައްޔަރުކުރުމާ ގުޅިގެން ބައެއް މީހުން ޓްވިޓާގައި އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އެކަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ "ގަނޑުވަރެއްގައި އުޅެން ބޭނުން ނަމަ މިހާރު ކޮށްލަން ޖެހޭ ކަމަކީ ފޭކް މަރެއް ޖައްސައިލުން" ކަމަށެވެ.
އެހެން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ "މިއީ ވަރަށް ވެސް "ގައްޑާ މީހެއް" ކަމަށާއި އެއީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑު ކަމަށެވެ.
ފައިސަލަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ
ބައްސާމްގެ އަދަބު ބޮޑުވާ ގޮތަށް ދައުވާއަށް އިސްލާހެއް
އާތިފްގެ މައްސަލާގައި ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފި
ޔާމީންގެ މައްސަލަ: އާ ހެކިތަކުގެ ބައި ހުކުމާ ހަމައަށް
ޔާމީންގެ ތުހުމަތުތައް އަޝްރަފަށް
ޕެންޓްހައުސް އެއްބަސްވުން އޮތީ ބައްސާމުގެ ނަމުގައި
ޔާމީން އަންގައިގެން 17 މިލިއަން ނެރުނިން: ހެކި
"އެފްއޭއެމްގެ ފައިސާ ކަންކަން އިސްކޮށް ބެލީ ބައްސާމް"
ކްރިކް ރިޒާގެ މައްސަލަ ލަސްވާތީ ދައުވާ ފައިލްކޮށްފި
ޔާމީންގެ ދިފާއުގައި ހެކިބަސް ނުދޭން ނަރީޝް ނިންމައިފި