19 އޮކްޓޯބަރ 2018
އެސްޓީއޯގެ ސަބްސިޑަރީ ދެ ކުންފުނި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އޮއިލް ކޮމްޕެނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތައް ހިންގާ ނަމަ، އެފަދަ ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންގައިފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ދެ ކުންފުނި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އޮއިލް ކޮމްޕެނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތައް ހިންގާ ނަމަ، އެފަދަ ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންގައިފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ސޮއި ކުރައްވައި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރަށް މިދިޔަ ބުދަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ދެ ކުންފުނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެހެން ކުންފުނިތަކާ ކޮންޓްރެކްޓުތައް ހަދައި ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އާ މަޝްރޫއުތަކަށް ޓެންޑަ ހުޅުވައި ނުލުމަށާއި އާ މަޝްރޫއުތައް ނުފެށުމަށާއި އަދި ދައުލަތުން މާލީ ބުރައެއް އުފުލަން ޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ މިހާރުގެ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
އޭސީސީން ބުނީ، ރިޔާސީ އިންތިޚާބަށް ފަހު ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނިކޮށް، ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދައި ފައިސާގެ މުއާމަލާތްތައް ހިންގަމުން ދިއުމަކީ ކޮރަޕްޝަން މަގުފަހިވެދާނެ ފަދަ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އާ ސަރުކާރަށް މާލީ ޒިންމާއެއް އުފުލަން ޖެހިދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެންވެ، އޭސީސީން އެސްޓީއޯއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ އެ ކުންފުނީގެ ސަބްސިޑަރީ ދެ ކުންފުނިން ވެސް އެފަދަ މުއާމަލާތެއް ހިންގަމުން ގެންދާ ނަމަ، އެކަން ހުއްޓުވައި ދިނުމަށެވެ.
އެސްޓީއޯގެ އިސް ދެ ވެރިއަކަށް ދައުވާކުރަން އެދިއްޖެ
މޯކޮމް މައްސަލަ އަނެއްކާ ވެސް ރިވިއުކުރަނީ
ހިޔާނާތަކާ ގުޅިގެން އެފްއެސްއެމްގެ މެނޭޖަރަކު ވަކިކޮށްފި
ޝަހީރު، އެސްޓީއޯ އިން އިސްތިއުފާ ދެއްވައިފި
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީ އާއި ހޮންކޮންގެ އައިސީއޭސީ ދެމެދު އެއްބަސްވުމެއް
ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވި
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!