Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީފި

މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީފި

19 އޮކްޓޯބަރ 2018

މާލޭގައި ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މިއަދު ޒަހަމް ކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މިއަދު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ މާލޭގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ނަމަވެސް، އެ މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި، ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.

މާލޭގައި މި ދުވަސްކޮޅު އަނެއްކާ ވެސް މާރާމާރީތައް އިތުރުވެފައި ވާތީ، އެކަން ހުއްޓުވުމަށް، ފުލުހުން ވަނީ ހާއްސަ އިސްކަމެއް ދީގެން މީހުން ބަލައި ފާސް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

މި މަހުގެ 11 ވަނަ ދުވަހުގެރޭ ދަންވަރު މާލޭގައި ވަޅިން ހަމަލާދީ ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފް 14 ވަނީ މަރާލައިފަ އެވެ. އެ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު މާގިނަ އިރުތަކެއް ނުވެ ވަނީ ހައްޔަރުކޮށްފަ އެވެ.

ޝައްފާން މަރައިލި ފަހުން ވެސް މާލޭގައި މާރާމާރީތަކެއް ހިނގައި ބައެއް މީހުން ޒަހަމް ކޮށްލާފައިވެ އެވެ. އަދި މާރާމާރީ ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.