Roadha Mihaaru
ރޯޑް ރޭހުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް މިރޭ

ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް މިރޭ

22 އޮކްޓޯބަރ 2018

ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް މިރޭ 8:00-10:00 އަށް ދިނުމަށް ދިރާގުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް މިރޭ 8:00-10:00 އަށް ދިނުމަށް ދިރާގުން ނިންމައިފި އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އެންމެ ބޮޑު ކުންފުނިން ބުނި ގޮތުގައި ރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަމުން ދާނީ، އެ ކަމަށް މީހުން އަންނަ ތަރުތީބުންނެވެ. ރަޖިސްޓްރީ ކުރުން އޮންނާނީ ދިރާގުގެ ހެޑް އޮފީހުގަ އެވެ.

ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމާ އެކު، އެ ރޭހަށް ކަނޑައެޅި 4000 ޖާގަ ވަނީ 48 ގަޑިއިރުގެ ތެރޭގައި ފުރިފަ އެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ މި ދުވުމުގެ ޓީޝާޓްގެ އަގަކީ 100ރ. އެވެ. ޓީޝާޓް ވިއްކަނީ ރޭހުގައި ބައިވެރިވާ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް އެހީވުމަށެވެ.

ރޭހުގެ ޕާޓްނާ އެންޖީއޯތަކަކީ އާކް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެންސާ ސޮސައިޓީ، ކެޕްސް، އެމްއޭޕީޑީ، އޯޓިޒަމް އެސޯސިއޭޝަން، ތެލެސީމިއާ ސޮސައިޓީ، ޝީ، ޓައިނީ ހާޓްސް އަދި ކެއާ ސޮސައިޓީ އެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަގުސަދުގައި މި ދުވުން ބާއްވާ މިއީ 12 ވަނަ އަހަރެވެ.