Roadha Mihaaru

ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ އެންމެ ބޮޑު ރޭސް، ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ދިރާގު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 ސެޕްޓެމްބަރ 2018

ރާއްޖޭގެ އެންމެ ބޮޑު ރޭސް، ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނިން ބުނީ ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ހުޅުމާލޭގައި ބާއްވާ މި ބޮޑު ދުވުމުގައި ބައިވެރިވެވޭނީ އެކަމަށްޓަކައި ދިރާގުން ހާއްސަ ކޮށްފައިވާ ވެބްސައިޓު މެދުވެރިކޮށް ފޯމު ފުރައިގެންނެވެ.

ދިރާގުން ބުނިގޮތުގައި، އަންނަ ނޮވެމްބަރު 2 ގައި ބާއްވާ ދުވުމުގައި 4،000 މީހުންނަށް ޖާގަ ދޭނެ އެވެ. ދިރާގުން މިހާތަނަށް ބޭއްވި ރޭސްތަކުގައި ފުރުސަތު ދީފައިވަނީ 3،000 މީހުންނަށެވެ.

ރޯޑު ރޭހުގެ ޓީޝާޓް މި ފަހަރު ވިއްކަން ހަމަޖައްސާފައި ވަނީ 100ރ. އަށެެވެ. އެގޮތުން، ޓީޝާޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ ރޭހުގައި ބައިވެރިވާ އަމިއްލަ ޖަމިއްޔާތަކަށެވެ.

މި ރޭހުގައި ބައިވެރިވާ ކޮންމެ ދުވުންތެރިޔަކު ވެސް ވަކި ޖަމިއްޔާއެއް ޚިޔާރުކުރަން ޖެހެ އެވެ. ބައިވެރިވާ ޖަމިއްޔާތައް، އެތުލީޓުން ފުރާ ފޯމުގައި ހިމަނާފައިވެ އެވެ.