އެއް ކިލޯގެ ބަރުދަން ހުރި ރަންގަނޑެއް ސްރީ ލަންކާ އަށް ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފި އެވެ.
23 އޮކްޓޯބަރ 2018
އެއް ކިލޯގެ ބަރުދަން ހުރި ރަންގަނޑެއް ސްރީ ލަންކާ އަށް ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ، ކަސްޓަމްސްއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ރަންގަނޑު ފެނުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭރުކުރަން އުޅުނު މަސް ފޮށިގަނޑެއް ތެރެއިންނެވެ.
މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ ރަންގަނޑު ފެނުނީ އެއާޕޯޓުގައި ސްކޭން ކުރަމުން ދަނިކޮށް، އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފަކަށެވެ. އެ ފޮރުވާފައި އޮތް ފޮށިގަނޑުގައި ހުރީ ލޮނު މަސް ކަމަށް ވެސް އެ މީހާ ބުންޏެވެ.
"ރަން ފޮތި އޮތީ މަސް ބަންދުކުރާ ފޮށިގަނޑެއްގެ ތެރެއަށް ލާފައި. އެ ފޮށިގަނޑުގެ ތެރެއަށް މަސްތަކެއް ވެސް ހުރީ އަޅާފައި. އެ މަސްތަކުގެ ތެރެއިން ރަންގަނޑު ފެނުނީ،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރަންގަނޑު ފެނުމާ އެކު، ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުންނަށް، ސެކިއުރިޓީ މުވައްޒަފުން، އެންގި އެވެ. އަދި ތަހުގީގު ކުރުމަށް އެ ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ. އެކަމަކު އެއީ ސްރީ ލަންކާ އަށް ބޭރުކުރަންވެގެން އުޅުނު މަސް ފޮށިގަނޑެއް ކަން އެނގެނީ،" އޭނާ ކިޔައިދިނެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
80 ބްލެޓް ދިރުވާލި މީހަކު 12 އަހަރަށް ޖަލަށް
އެއް މަސް ވީއިރު ވެސް ދިގަލި ވާހަކައެއް ނުދެއްކި!
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
241 ކޮމިޓީން ހޯދީ ކަސްޓަމްސްގެ ބޮޑެތި އިހުމާލުތަކެއް
ޑޮލަރު ފޭރުމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރު
އެއާޕޯޓުގައި ބިރުދައްކައި ފޭރިގަތީ 100،000ޑޮލަރު
ފޭރިގަތީ ފުރާ މީހުންނަށް ދޫކުރަން ގެންދިޔަ ޑޮލަރު!