23 އޮކްޓޯބަރ 2018
އަދާލަތު ޕާޓީގެ ލީޑަރު ޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމް ބާތިލު ކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އަދާލަތު ޕާޓީގެ ލީޑަރު ޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމް ބާތިލު ކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވާނީ ގާނޫނާއި ގަވާއިދާ ހިލާފަށް އިމްރާންގެ މައްޗަށް ހުކުމްކޮށްފައިވާތީ އެކަން ބާތިލު ކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް އުއްމީދު ބޮޑު މި މައްސަލައިގައި ކާމިޔާބު ލިބޭނެ ކަމުގެ. އިމްރާނަށް ހުކުމް ކުރިއިރު އެ މައްސަލަ އަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބެލެވޭ. އަދި ފަހުން އދ. އިން ވެސް އެ ވަނީ ބުނެފައި އިމްރާންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އިމްރާންގެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.
އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމާފައި ވަނީ އިމްރާނާ އެއްކޮޅަށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުވުމާއެކު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އިމްރާނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އިމްރާނާއެކު ސިޔާސީ ހުރިހާ ލީޑަރުން ދޫކޮށްލުމަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަށް އިބޫ ވަނީ ގޮވާލައްވައިފަ އެވެ.
ރިޝްވަތު ދިން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކޮށްފައި އޮތް ހުކުމް އާދީއްތަ ދުވަހު ހައި ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އަދި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ހުކުމުގައި ދެއްކި ގޯސްތައް ރަނގަޅު ކުރާނަން: އިމްްރާން
އިމްރާންގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ނިންމަނީ
އިމްރާންގެ ޖަލު ހުކުމުގެ މައްސަލަ ހުކުމަކާ ހިސާބަށް
އިމްރާންގެ ޖަލު ހުކުމް ފަސް ކުރުމުގެ އަމުރަކަށް އެދެފި
އަލީ ޒާހިރަށް 2.3 މިލިއަންގެ މައްސަލަ ކާމިޔާބެއްނުވި
އަލީ ޒާހިރު: މިނިވަންކަމާއެކީ ތަފާތު ދައްކަން!
އިމްރާން: މަކުނުދޫ ދާއިރާއާ އޮތީ ހާއްސަ ގުޅުމެއް!
ކުރީގެ މިނިސްޓަރު އިމްރާން މަޖިލީހަށް ވާދަކުރައްވަނީ
އެކުގައި ވާދަކުރަން އެމްޑީޕީ-އަދާލަތު މަޝްވަރާއަށް
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް