ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެހެން ޕާޓީތަކާ ގުޅިގެން އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
21 ސެޕްޓެމްބަރ 2025
ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެހެން ޕާޓީތަކާ ގުޅިގެން އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރެވޭނެ ކަމަށެވެ.
އިމްރާން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލުކުރާ ހަމަތައް އެކައްޗަކަށް ވުން ނޫން ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތަސް ޓްރެކުން ކައްސާލާ ނަމަ އިދިކޮޅުގައި ތިބޭ ޕާޓީތަކުން އެ ވާހަކަތައް ދައްކަންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އިމްރާން އެހެން ވިދާޅުވެފައި ވަނީ ސަރުކާރު ހަމައިން ކައްސާލާ ނަމަ އިދިކޮޅު ހުރިހާ ޕާޓީއަކަށް އެ ވާހަކަ ދައްކަން އެއް ޕްލެޓްފޯމަކަށް އާދެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔަމީން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަ އެވެ.
އިމްރާން ވަނީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ އެއީ ކަމަށާއި އެގޮތުގައި އެ ޕާޓީ ދެމިއޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"ސިޔާސީ ޕާޓީ އުފައްދާފައި އެ ޕާޓީތަކަށް މަތިކޮށްފައި އޮތް ޒިންމާއެއް އެބައޮތް. އެ ޒިންމާ އަދާކުރުމަށް އަދާލަތު ޕާޓީ އެހެން ޕާޓީތަކާ އެކު މަސައްކަތް ކުރުމުގައި ދެމި އޮންނާނެ." އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަންގައި ވެސް ދައުރު ނިމެންދެން އަދާލަތު ޕާޓީ އޮތެވެ. އަދި، ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވިިއިރު ވެސް ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އަދާލަތު ޕާޓީ ދެމި އޮތެވެ. އިންތިހާބުގެ ދަވަނަ ބުރު ޖެހުނުއިރު އެމްޑީޕީއާ އެކު އޮތް ހަމައެކަނި ޕާޓީއަކީ ވެސް އެއީ އެވެ.
އަދާލަތު ޕާޓީއަކީ ފިކުރީ ބޮޑު މުއައްސަސާއެއް: އިމްރާން
"އަދާލަތު ޕާޓީ އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު"
ޝަހީމްގެ ރައްދު އިމްރާނަށް: ކެބިނެޓު ދޫކުރާކަށް ނުޖެހޭ
އަދާލަތު ޕާޓީ ފޮހެލަން ބަޔަކު މަސައްކަތްކުރޭ: އިމްރާން
އަދާލަތުގެ ރައީސްކަމަށް އިމްރާނާއި ޒާހިރު
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
އިބޫ، އިމްރާންއާ ބައްދަލު ކުރައްވައިފި
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
"ވެރިކަން ދަމަހައްޓަނީ ލީޑަރުން ގޮޅިއަށް ލައިގެން"
ރައީސަކު ނެތް ކަމަށް ބުނުމުން އަދާލަތުން ރައްދުދީފި