ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުން ދޫކުރާ 7،000 ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބުދެމުން އަންނަ ކަަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
25 އޮކްޓޯބަރ 2018
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުން ދޫކުރާ 7،000 ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބުދެމުން އަންނަ ކަަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމުކުރުމާ އެކު، ނުހައްގުން ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެ މައްސަލަތައް ރަސްމީކޮށް، ހުށަހަޅަން ދިން މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
މި ޝަކުވާތަކާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ދެންނެވުމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ލިސްޓަށް ހުށަހެޅި ޝަކުވާތައް އެ މިނިސްޓްރީން އަންނަނީ ވަކިވަކިން ބަލަމުން ކަމަށެވެ. އެ ހުރިހާ ޝަކުވާތަކަށް ވެސް ޖަވާބުދޭނެ ކަމަށް ވިދާޅުވި އެވެ.
"ވަކިވަކިން ޖަވާބުދީ، ލިސްޓަށް ގެންނަން ޖެހޭ އިސްލާހުތަކާ އެކު ދާއިމީ ލިސްޓު އާއްމުކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.
"ހިޔާ" މަޝްރޫއުގައި އިމާރާތްކުރާ ފްލެޓަށް އެދި 22،614 ފޯމު ހުށަހެޅި އެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމުކުރުމާ އެކު، މި ފަހަރު އެންމެ ބޮޑު ޝަކުވާ އަކީ އާއްމުކުރި މިންގަނޑާ އެއްގޮތަށް ޕޮއިންޓް ނުދިނުމެވެ. އެ މިންގަނޑުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެން މަދުން މާކްސް ދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ދާއިމީ ލިސްޓު އިއުލާންކުރާނީ ޝަކުވާތަކަށް ވަކިވަކިން ޖަވާބު ދެއްވުމަށް ފަހު ކަމަށް ވިދާޅުވި. --ފޮޓޯ:ހުސެއިން ވަހީދު/މިހާރު
ފްލެޓްތައް، ކެޓަަގަރީތަކަކަށް ބަހާލުމަށް ފަހު އާއްމުކުރި ފޯމުގައި ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު ވެސް އޮތީ ހާމަކޮށްފަ އެވެ. އެ މިންގަނޑުގައި އޮތީ މާލޭގައި ހޭދަވީ މުއްދަތާއި ވަޒީފާ އަދާކުރާ މުއްދަތާއި ދަރިން ތިިބި އަދަދާއި ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދޭނެ ޕޮއިންޓުގެ އަދަދު ކަނޑައަޅައިފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުން މަތިން މާކްސް ލިބި، ފްލެޓް ނުލިބި ތިބި މީހުންނަށް މި މަޝްރޫއުގައި ލިބުނު ޕޮއިންޓްގެ އަދަދު ކުރިއަށް ވުރެ މަދުވި ސަބަބާ މެދު ވެސް ގިނަބަޔަކު ސުވާލު އުފައްދަ އެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ދަރިންގެ އަދަދު އިތުރުވި މީހުންނަށް ވެސް ކުރިން ލިބުނު ޕޮއިންޓަށް ވުރެން މަދުން މި ބުރުގައި ޕޮއިންޓް ދިނުމަކީ މައްސަލައެއްގެ ގޮތުގައި ޝަކުވާ ކޮށްފައިވެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުން ފްލެޓް ދޫކުރިއިރު ވެސް ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި އެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓްތަކަށް 15،000 މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން، 704 ފްލެޓް ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު އުފެދުނު ޝަކުވާތައް އަދިވެސް ނުނިމެ އެވެ. މަތިން މާކްސް ލިބުނު މީހުން ތިއްބައި ފްލެޓް "ބަހާލީ" ބޭނުން ބަޔަކަށް ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ ތުހުމަތުތައް ހައުސިން މިނިސްޓްރީން ދޮގު ކުރެ އެވެ.
ފްލެޓް ނުދީފި ނަމަ ކޯޓަށް ދެވޭނެ: މުއިއްޒު
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ
600 އަކަފޫޓު ހަމަނުވަންޏާ ބިންކޮޅު ދޫކޮށްލާކަށްނުޖެހޭ
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހައްގުވެރިން ކަނޑައެޅުމުން ޕޮއިންޓުގައި ބޮޑު ފަރަގެއް!
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ