Roadha Mihaaru
ރައީސް ސިރިސޭނާ 
ލަންކާ ޕާލަމެންޓް ސަސްޕެންްޑްކޮށްފި

ރައީސް ސިރިސޭނާ ލަންކާ ޕާލަމެންޓް ސަސްޕެންްޑްކޮށްފި

27 އޮކްޓޯބަރ 2018

ކޮލަމްބޯ (އޮކްޓޯބަރު 27) - ސްރީ ލަންކާ ޕާލަމެންޓް ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ސަސްޕެންޑް ކުރުމުން ގައުމުގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 27) - ސްރީ ލަންކާ ޕާލަމެންޓް ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ސަސްޕެންޑް ކުރުމުން ގައުމުގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.

ޕާލަމެންޓަރީ އޮފިޝަލުން ބުނީ ސިރިސޭނާ ވަނީ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ ހުރިހާ ބައްދަލުވުންތަކެއް ނޮވެމްބަރު 16 އާ ހަމައަށް ސަސްޕެންޑްކޮށްފައި ކަމަށެވެ.

ޕާލަމެންޓް ސަސްޕެންޑް ކުރި އިރު ބޮޑު ވަޒީރުކަމުގެ މަގާމުން ރޭ ދުރުކުރި ރަނިލް ވިކްރަމަސިންހަ ވަނީ ޕާލަމެންޓުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ބައްދަލުވުމުގައި އޭނާގެ ޕާޓީ އަށް މެޖޯރިޓީ އޮތްކަން ދައްކައިދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރަނިލް ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް އަށް ބޮޑު ވަޒީރު މަގާމުން ދުރުނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ޕާލަމެންޓަށް ކަމަށެވެ.

ލަންކާ ޕާލަމެންޓުގެ ބައްދަލުވުންތައް ފަށަން ކުރިން ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހު 5 ވަނަ ދުވަހު އެވެ. ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ހަމަޖެހުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ލަންކާގައި ތިބޭ ހުޅަނގުގެ ޑިޕްލޮމެޓުން ވެސް ވަނީ ގައުމުގެ ހަމަޖެހުން އިސްކުރުމަށް ގޮވާލައިފަ އެވެ.

ބޮޑު ވަޒީރުކަމުގެ ހުވާ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ރޭ ކުރެއްވުމާ އެކު އެމަނިކުފާނުގެ ސަޕޯޓަރުން މީޑިއާ ހައުސްތަކަށް ވަދެ ސްޓާފުންނަށް ބިރު ދައްކަމުންދާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.