Roadha Mihaaru
އިބޫގެ ކެބިނެޓާ މެދު ސަޕޯޓަރުންގެ ނުތަނަވަސްކަން!

އިބޫގެ ކެބިނެޓާ މެދު ސަޕޯޓަރުންގެ ނުތަނަވަސްކަން!

28 އޮކްޓޯބަރ 2018

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ހުވާކުރައްވަން ދެން އޮތީ ދެ ހަފުތާއެއްހާ ދުވަހެވެ. އެހެންވެ، އެމަނިކުފާނުގެ ކެބިނެޓަށް އާއްމުންގެ ބޮޑު ސަމާލުކަމެއް މިވަނީ ހުއްޓިފަ އެވެ. ކޯލިޝަން ސަރުކާރުގެ ކެބިނެޓް އެކުލަވާލާނެ ގޮތަކާ މެދު ސަޕޯޓަރުންގެ ނުތަނަވަސްކަން އެބަހުއްޓެވެ. އެކަމާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ދަނީ ހޫނު ބަހުސްތަކެއް ވެސް ކުރަމުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ހުވާކުރައްވަން ދެން އޮތީ ދެ ހަފުތާއެއްހާ ދުވަހެވެ. އެހެންވެ، އެމަނިކުފާނުގެ ކެބިނެޓަށް އާއްމުންގެ ބޮޑު ސަމާލުކަމެއް މިވަނީ ހުއްޓިފަ އެވެ. ކޯލިޝަން ސަރުކާރުގެ ކެބިނެޓް އެކުލަވާލާނެ ގޮތަކާ މެދު ސަޕޯޓަރުންގެ ނުތަނަވަސްކަން އެބަހުއްޓެވެ. އެކަމާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ދަނީ ހޫނު ބަހުސްތަކެއް ވެސް ކުރަމުންނެވެ.

އެންމެ ގިނަ މީހުންނަށް އޮތީ، ގާބިލް ނޫން ބޭފުޅުންތަކަކަށް އިބޫގެ ވަޒީރުންގެ މަޖިލީހުން ފުރުސަތު ލިބުމުގެ ބިރެވެ. އެ ނުތަނަވަސްކަމުގައި، ކޯލިޝަން ސަރުކާރުގެ ސަޕޯޓަރުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހޫނު ހަމަލާތައް ވެސް ބަދަލުކުރަމުންނެވެ.

މި ބަހުސް ފެށުނީ، ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ފެތުރުނު ވާހަކަ އަކުންނެވެ. އޭނާ އަށް އަމާޒުވި ފާޑުކިއުންތައް ބޮޑުވެ، ހައްލުކުރަން ޖެހުނީ ކޯލިޝަންގެ ލީޑަރުންނާ ހިސާބުންނެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުންގެ ބަހުގެ ހަމަލާތައް ހުއްޓުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖެހިވަޑައިގަތީ، ނަހުލާގެ ދިފާއުގައި ނުކުންނަވާށެވެ.

އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފުތާގައި ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފުތާގައި ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ މައްސަލަ ފިނިވެފައި އޮއްވައި، ކެބިނެޓާ މެދު އުފެދުނު ހިތްހަމަނުޖެހުން ދެން ބޮޑުވީ، އިކޮނޮމިކް މިނިސްޓަރު ކަމަށް އަބްދުﷲ ޖާބިރު ޝައުގުވެރިކަން ފާޅުކުރެއްވުމުންނެވެ. އޭނާ އެ މަގާމަށް ވަޑައިގަތުމަށް އެއް ބަޔަކު ދަނީ ފާޅުގައި އިންކާރު ކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު ކަން ޖާބިރަށް ދޭން ދެކޮޅު ހަދައި މީހަކު ކޮށްފައިވާ ޓުވީޓެއް.

ކެބިނެޓު އެކުލަވާލުމާ ގުޅޭ ގޮތުން އިބޫގެ ސަޕޯޓަރަކު ކުރި ޓުވީޓެއް.

ކެބިނެޓުގައި ތިއްބަވަން ޖެހިވަޑައިގަންނަވާނީ، ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލް، އިޚްލާސްތެރި ބޭފުޅުންނެވެ. ބޭނުން ބަޔަކަށް ކެބިނެޓުގެ މަގާމްތައް ބަހާލަން، ނަޒާހަތްތެރި ކެބިނެޓަކަށް، ކެމްޕޭން ކުރާ ސަޕޯޓަރުން ދެކޮޅެވެ. ކެމްޕޭންގައި އުޅުނީތީ "ހަދިޔާއަކަށް" ކެބިނެޓުގެ މަގާމެއް ދިނުން ވެސް އެ މީހުން ދެކޮޅެވެ.

ހަމައެއާއެކު އިބޫގެ ކެބިނެޓަށް ޕާޓީތަކުގެ ލީޑަރުންގެ ބާރާއި ނުފޫޒު ގަދަކުރުމާ ދެކޮޅަށް ވެސް އެކި މީހުން ދަނީ ހިޔާލުފާޅުކުރަމުންނެވެ. ވަޒީރުންގެ މަޖިލީސް އެކުލަވާލުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް ގާނޫނުއަސާސީން ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އިބޫގެ ކެބިނެޓު އެކުލަވާލަން ޚިޔާލެއް ދީ މީހަކު ކޮށްފައިވާ ޓުވީޓެއް.

ކެބިނެޓު އެކުލަވާލުމުގެ ފުރިހަމަ އިޚްތިޔާރު އިބޫ އަށް އޮންނަން ޖެހޭ ކަމަށް ބުނެ މީހަކު ކުރި ޓުވީޓެއް.

ވަޒީރުންގެ މަޖިލިސް، އެއްބަސްވުމާ އެއްގޮތަށް؟!

ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ކަމަށް ވަޑައިގެންނެވި އިބޫ، އެމަނިކުފާނުގެ ކެބިނެޓާ ގުޅޭ ގޮތުން މާބޮޑު ތަފްސީލުތަކެއް ހާމައެއް ނުކުރައްވަ އެވެ.

މިހާތަނަށް ވިދާޅުވެފައި ވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނީ ތައުލީމީ، ގާބިލް، އަމާނާތްތެރި، އިޚްލާސްތެރި ބޭފުޅުން ކަމަށެވެ. ކެބިނެޓަށް ވަޒީރުން އައްޔަން ކުރައްވާނީ އަމިއްލަފުޅަށް ކަމެއް ނުވަތަ، ޕާޓީތަކަށް ކަނޑައަޅާ ސްލޮޓްތަކެއްގައި ވަޒީރުން ކަނޑައެޅުމުގެ އިޚްތިޔާރު އެ ޕާޓީތަކަށް ދޫކޮށްލާނީ ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.

އިބޫ، ކެމްޕޭންގައި ރަށަކަށް ވަޑައިގެން އުނދޯއްޔެއްގައި އިށީނދެވަޑައިގެން. - ފޮޓޯ: އެމްޑީޕީ

އިބޫ، ކެމްޕޭންގައި ރަށަކަށް ވަޑައިގެން އުނދޯއްޔެއްގައި އިށީނދެވަޑައިގެން. - ފޮޓޯ: އެމްޑީޕީ

ކެބިނެޓު އެކުލަވާލުމުގެ އިޚްތިޔާރު އިބޫ އަށް އޮންނަން ޖެހޭ ކަމަށް މީހަކު ކޮށްފައިވާ ޓުވީޓެއް.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ކުރިން، ކޯލިޝަން ސަރުކާރާ ގުޅޭ ގޮތުން ވަނީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގައި، ކޯލިޝަން ސަރުކާރުގައި ޕާޓީތަކުގެ ހިއްސާ އޮންނާނެ މިންވަރު ވެސް އޮތީ ކަނޑައަޅައިފަ އެވެ.

އެ އެއްބަސްވުން ވެސް ކޯލިޝަން ޕާޓީތަކުން އަދި އާއްމެއް ނުކުރެ އެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އިބޫ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އަށް ދޭން ނިންމާފައި ވަނީ ސަރުކާރުގެ 40 ޕަސެންޓެވެ. ސަރުކާރުގައި ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓް ދޭން ނިންމާފައި އޮތް ކަމަށް ވެ އެވެ.

ކެބިނެޓުގައި ވަޒީރުން ތަމްސީލްކުރައްވާނީ މި ނިސްބަތުން ކަމަށް ވުން އެކަށީގެންވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 15 މިނިސްޓްރީ އުފެއްދި އެވެ. އެކަމަކު ފަހުން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމާއެކު ވަޒީރުންގެ އަދަދަކީ 14 އެވެ. މި އަދަދަށް ވުރެ، އިބޫގެ ސަރުކާރުގެ މިނިސްޓްރީތައް އިތުރުވެދާނެ ކަމަށް ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.

އެކަމަކު، ކެބިނެޓާ މެދު އިބޫ އާއި ކޯލިޝަން ސަރުކާރުގެ ވިސްނުން ރައްޔިތުންނަށް ސާފުވާނީ އެ ތަފްސީލުތައް ހާމަކޮށްގެންނެވެ.