Roadha Mihaaru
ރުއްގަސް ބޭރުކުރުން ހުއްޓުވައިިފިން: ކަސްޓަމްސް

ރުއްގަސް ބޭރުކުރުން ހުއްޓުވައިިފިން: ކަސްޓަމްސް

01 ނޮވެމްބަރ 2018

ރާއްޖޭން ރުއްގަސް ނަގައިގެން ރާއްޖޭން ބޭރަށް ގެންދަން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރަން އުޅޭކަން ސަމާލުކަމަށް އައުމާ އެކު އެކަން ހުއްޓުވާފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭން ރުއްގަސް ނަގައިގެން ރާއްޖޭން ބޭރަށް ގެންދަން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރަން އުޅޭކަން ސަމާލުކަމަށް އައުމާ އެކު އެކަން ހުއްޓުވާފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް އިން މިހެން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުން ރުއްގަސް ނަގައި، ބޭރަށް ގެންދިއުމުގެ މައްސަލަ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ. އެގޮތުން ނ. މާފަރުން ގިނަ އަދަދެއްގެ ރުއް ނަގައިގެން ރާއްޖޭން ބޭރަށް ގެންދާ ކަމަށް ބުނެފައިވެ އެވެ.

ކަސްޓަމްސް އިން ކޮށްފައިވާ ޓްވީޓް

ނަމަވެސް ކަސްޓަމްސް އިން ބުނީ ރުއްގަސް ރާއްޖޭން ބޭރަށް ގެންދަން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އެކަން ކަސްޓަމްސްގެ ސަމާލުކަމަށް އައުމުން، އެކަން ހުއްޓުވާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

"މިހާރު" އަށް ވާހަކަ ދެއްކި ނ. މާފަރު މީހަކު ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ރަށުން ގާތްގަނޑަކަށް 30 ރުއް އަބޫދާބީއަށް ގެންދިއުމަށް ބޭރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ސާޅީހަކަށް ރުށް އެ ރަށުން ބޭރުކުރުމަށް މިދިޔަ މަހު ތައްޔާރު ކުރި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ގަވާއިދާ ޚިލާފަށް ރުއްގަސްތައް އެކި ރަށްރަށުން ނަގައިގެން ރިސޯޓުތަކަށް ގެންދާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ފުލުހުންނާ ގުޅިގެން އެ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.