ދުބާއީ އަށް ޒިޔާރަތްކުރި ޗައިނާގެ ދެމަފިރިިއަކު އެ ގައުމުގެ ގަހަނާ ފިހާރައަކުން ވަގަށް ނެގި ޖަވާހިރު އަންހެން މީހާގެ ބަނޑުތެރެއަށް ދިރުވާލައިގެން އުޅެނިކޮށް ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
07 ނޮވެމްބަރ 2018
ދުބާއީ އަށް ޒިޔާރަތްކުރި ޗައިނާގެ ދެމަފިރިިއަކު އެ ގައުމުގެ ގަހަނާ ފިހާރައަކުން ވަގަށް ނެގި ޖަވާހިރު އަންހެން މީހާގެ ބަނޑުތެރެއަށް ދިރުވާލައިގެން އުޅެނިކޮށް ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ގަލްފް ނިއުސް އިން ބުނި ގޮތުގައި އުމުރުން 40 އަހަރުން މަތީގެ ދެމަފިރިން އިންޓަޕޯލާއި މުމްބާއީގެ ފުލުހުން މެދުވެރިކޮށް ހައްޔަރުކުރީ ދުބާއީން ހޮންކޮންގަށް އެނބުރި ދިޔަ މަގުމަތީގައި އެ މީހުން ދަތުރު ކުރި ފްލައިޓް މުމްބާއީގައި ޓްރާންސިޓް ކުރުމުންނެވެ.
މުމްބާއީން އެ މީހުން ހައްޔަރުކޮށްގެން، ދުބާއީ ގެންގޮސް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ދެމަފިރިން ވަނީ ވައްކަން ކުރި ކަމަށް ވެސް އިއުތިރާފުވެފަ އެވެ. އަދި އަންހެން މީހާގެ ބަނޑުތެރޭގައި ޖަވާހިރު އޮތްކަން ސްކޭންތަކުން ވަނީ ކަށަވަރުވެފަ އެވެ.
ވައްކަން ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ދުބާއީގެ ފުލުހުން ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ނަމަވެސް އެމީހުންގެ ވަނަވަރެެއް ހާމައެއް ނުކުރެ އެވެ.
ވަގަށް ނަގާފައި ވަނީ 3.27 ކެރަޓްގެ ހުދު ކުލައިގެ ޖަވާހިރެކެވެ. އޭގެ އަގު 300،000 ދިރުހަމް (81،000 ޑޮލަރު) އަށް އަރަ އެވެ.
ދުބާއީގެ ފުލުހުން ބުނީ ދެމަފިރިން ވައްކަން ކުރީ ދެއިރާ ޑިސްޓްރިކްޓްގެ ގަހަނާ ފިހާރައަކުން ކަމަށާއި އެކަން ކުރީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އެގޮތުން އަންހެން މީހާ އަށް ޖަވާހިރު ވަގަށް ނަގަން، މަގުފަހިކޮށް ދޭން ފިރިމީހާ ވަނީ މަސައްކަތްކޮށްފަ އެވެ.
#أخبار | #شرطة_دبي تكشف تفاصيل عملية "صيد الماسة"
— Dubai Policeشرطة دبي (@DubaiPoliceHQ) November 4, 2018
التفاصيل:https://t.co/ASdyrPncwv#شرطة_دبي#أمنكم_سعادتنا#نتواصل_ونحمي_نبتكر_ونبني pic.twitter.com/t52bx3rbim
އެގޮތުން ފިހާރައިގެ ޖަވާހިރު ލާފައި އިން ބިއްލޫރި ޝޯކޭސް ހުޅުވައިގެން އަންހެން އަށް މީހާ ޖަވާހިރު ނެގެންދެން ފިރިހެން މީހާ ވަނީ އެ ވަގުތު ފިހާރައިގެ ހުރި މީހާއާ އެކި ވާހަކަތައް ދައްކައިގެން އޭނާ "ހިފަހައްޓައިފަ" އެވެ. ވައްކަން ކުރިކަން އެނގުނީ ސީސީޓީވީ ފުޓެޖްތަކުންނެވެ. އެހެންވެ ވަގުތުން ފުލުހުންނަށް ފިހާރައިން ރިޕޯޓް ކުރީ އެވެ.
މި ހާދިސާއާ ބެހޭ ގޮތުން ދުބާއީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ކާނަލް އަދެލް ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު ސްޕެޝަލިސްޓް ޑޮކްޓަރެއްގެ އެހީގައި އަންހެން މީހާގެ ބަނޑުން ޖަވާހިރު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކެންސަރަށް ފަރުވާ ހޯދަމުން ސަންޖޭ ދުބާއީ އަށް
ލޮކްޑައުންތަކަށް އަހަރެން ވަރަށް ފަރިތަ: ސަންޖޭ
ދެ އަނބު ކާލުމުން ޖޫރިމަނާކޮށް ޑީޕޯޓްކޮށްލަނީ
އުތުރުތިލަފަޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް
ބަންގްލާދޭޝްއަށް ޗައިނާގެ ހޮސްޕިޓަލްތަކެއް ހާއްސަކުރަނީ
ޗައިނާގެ ޝީއިން އަލުން އިންޑިއާ މާކެޓަށް
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
އިންޑިއާ-ޗައިނާގެ ވައިގެ ދަތުރުތައް އަލުން ފަށަނީ
ސައިފަށް ހަމަލާދީގެން ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް!
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި