އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން އެމެރިކާ ސަރުކާރަށް ލަފާ ދިން އެމެރިކާގެ އިލްމީ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އޭޝްލީ ޓެލިސް، ސިއްރު ލިޔެކިޔުންތައް ގާނޫނާ ހިލާފަށް ގެންގުޅޭ ޗައިނާ ސަރުކާރުގެ އޮފިޝަލުންނަށް ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން އެމެރިކާ ސަރުކާރަށް ލަފާ ދިން އެމެރިކާގެ އިލްމީ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އޭޝްލީ ޓެލިސް، ސިއްރު ލިޔެކިޔުންތައް ގާނޫނާ ހިލާފަށް ގެންގުޅޭ ޗައިނާ ސަރުކާރުގެ އޮފިޝަލުންނަށް ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
އުމުރުން 64 އަހަރުގެ ޓެލީސް އަކީ އެމެރިކާ ސަރުކާރަށް 20 އަހަރަށް ވުރެ ގިނަ ދުވަހު އެކި ކަންކަމުގައި ލަފާ ދެއްވި ބޭފުޅެކެވެ.
ޓެލީސްގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާގެ ގެ ފާސްކުރި އިރު ހާހަކަށް ވުރެ ގިނަ ސިއްރު ޑޮކިއުމެންޓް ފެނުނު ކަމަށް ކޯޓަށް ހުށަހެޅި ބަޔާންތަކުގައި ބުނެފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި، މުސާރަ ނުލިބޭ ގޮތަށް މަސައްކަތް ކުރެއްވި ޓެލިސް މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސްޓޭޓް ޑިޕާޓްމެންޓަށް ވަދެ ސިއްރު ޑޮކިއުމެންޓެއް ޕްރިންޓުކުރެ އެވެ.
ޓެލީސްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގައި ބުނެފައިވަނީ ވާޖީނިއާގެ ފެއާފެކްސްގައި ހުންނަ ރެސްޓޯރެންޓެއްގައި އޭނާ ޗައިނާ ސަރުކާރުގެ އޮފިޝަލުންނާ އެތައް ފަހަރަކު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެތަނަށް ރޭގަނޑުގެ ކެއުމަކަށް ދިޔަ ރެއެއްގައި ޓެލީސް، ބޮޑު ސިޓީ އުރައެއް ހިފައިގެން ވަނުމަށް ފަހު ނިމިގެން ނުކުންނައިރު އެ ސިޓީ އުރަ އަތުގައި ނޯންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޓެލީސްއާ ބައްދަލުކުރާ ޗައިނާގެ އޮފިޝަލުން އޭނާއަށް ހަދިޔާ ދެނިކޮށް ފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ސިއްރު ލިޔުންތައް ގާނޫނާ ހިލާފަށް ގެންގުޅުމުގެ ކުށް ސާބިތުވެއްޖެ ނަމަ ޓެލިސްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމަކާއި 250،000 ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ އެވެ.
އިންޑިއާ-ޗައިނާގެ "ބޯޑަރު ވިޔަފާރި" އަލުން ފަށަނީ
ރާއްޖެއަށް ފައިދާ އޮތީ ސަރަހައްދީ ވާދަވެރިކަން އޮވެގެން
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ރަޝިޔާ، ޗައިނާ، އެމެރިކާގެ ޚާރިޖީ ވަޒީރުން އިންޑިއާ
ޗައިނާގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރަނީ
ޗައިނާ 2035 ގައި އެންމެ ބޮޑު އިގްތިސާދަށް ވާނެ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ވާވޭގެ 5ޖީ ރުމޭނިއާގައި ގާނޫނީ ގޮތުން މަނާ
ފެކްޓްރީ ހަދަން ރަޝިއާ އިން ޓެސްލާ އަށް ދައުވަތު