Roadha Mihaaru
މާލޭގައި ސްޕޯޓްސް ފެސްޓިވަލެއް ބާއްވަނީ

މާލޭގައި ސްޕޯޓްސް ފެސްޓިވަލެއް ބާއްވަނީ

06 ނޮވެމްބަރ 2018

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ އިސްނެންގެވުމަކަށް މާލޭގައި ކުޅިވަރު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ އިސްނެންގެވުމަކަށް މާލޭގައި ކުޅިވަރު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ނޮވެމްބަރު 18ގައި، ބާއްވާ ސްޕޯޓްސް ފެސްޓިވަލް މާލޭގެ އެކި ސަރަހައްދުތަކުގައި މެންދުރު 2:00 ން ފެށިގެން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 ން ފެށިގެން 11:00 އަށް ކުރި އަށް ދާނެ ކަމަށެވެ.

"މި ކުޅިވަރު ފެސްޓިވަލުގެ މަގްސަދަކީ ހުރިހާ އުމުރުފުރައެއް ޝާމިލްވާ ގޮތަށް ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައެއް ބިނާ ކުރުމަށް ހިތްވަރު ދިނުން،" އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން މުޖްތަމައުގައި ދިރިއުޅޭ މީހުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަކީ ވެސް މި ފެސްޓިވަލް ބޭއްވުމުގެ މަގްސަދެއް ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"ކުޅިވަރު ޕްރޮމޯޓް ކުރުމާއި މުޖްތަމައުގެ މީހުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމާއި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރު ކުރުން. އަދި ކުޅިވަރުގެ މުހިންމުކަން އަންގައިދީ ހޭލުންތެރި ކުރުވުން، ކުޅިވަރުގެ އަހުލާގުގެ ތެރެއިން ދިރިއުޅުމުގެ ރީތި އާދަތައް ހަރުލެއްވުމާއި ހަރުދަނާ މުޖްތަމައެއް ބިނާ ކުރުމަށް ބާރުއެޅުން. އަދި އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވައި އާލާ ކުރުން،" އޭނާ ވިދާޅުވި އެވެ.

އެ ކުޅިވަރު ފެސްޓިވަލުގައި 17 އެސޯސިއޭޝަނަކުން ބައިވެރިވުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 15 އެންޖީއޯއަކުން ވެސް ބައިވެރިވާނެ އެވެ. އަދި ގާތްގަނޑަކަށް 5،000 އެއްހާ މީހުންގެ ބައިވެރިވުން ކުޅިވަރު ފެސްޓިވަލަށް ލިބޭނެ ކަމަށް ބެލެވެ އެވެ.