Roadha Mihaaru
މުނި ހޯމްކެއާ އިން އަހަރު ނިންމާ ސޭލް ފަށައިފި!

މުނި ހޯމްކެއާ އިން އަހަރު ނިންމާ ސޭލް ފަށައިފި!

12 ނޮވެމްބަރ 2018

މުނި ހޯމްކެއާ އިން ކޮންމެ އަހަރަކު ވެސް ފާހަގަ ކުރާ "އިޔާ އެންޑް ސޭލް" ސިލްސިލާގެ މި އަހަރުގެ ސޭލް ފަށައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

މުނި ހޯމްކެއާ އިން ކޮންމެ އަހަރަކު ވެސް ފާހަގަ ކުރާ "އިޔާ އެންޑް ސޭލް" ސިލްސިލާގެ މި އަހަރުގެ ސޭލް ފަށައިފި އެވެ.

ނޮވެމްބަރު ހަތަރަކުން ޖެނުއަރީ 10 އަށް ބާއްވާ އެ ޕްރޮމޯޝަނަކީ މުނި ހޯމްކެއާގެ ހުރިހާ ފިހާރަތަކުން ވެސް ވިއްކާ ފަރުނީޗަރުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސް، ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ.

މުނި ހޯމްކެއާގެ ފިހާރައަކުން ފާހަނާ ސެޓެއް ނުވަތަ ބެޑްރޫމް ސެޓެއް ގަތުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އެ ގޮތަށް މުދާ ގަންނަ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ އެއް ނަސީބުވެރިއަކަށް މުނި ހޯމްކެއާގެ ފަރާތުން ބޮޑު އިނާމެއް ދޭނެ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ކޮލިޓީ މޮޅު ބްރޭންޑްތަކުގެ ފަރުނީޗަރާއި މުދާ ވަނީ ވަރަށް ބޮޑަށް އަގު ހެޔޮ ކޮށްފަ އެވެ. މުނި ހޯމްކެއާ އިން ވިއްކާ ޖަރުމަނު ކިޗަން ބްރޭންޑްގެ އެކި ޑިޒައިންތަކުގެ ސޯފާބެޑް އަދި ފާހަނަ ސެޓްތައް ވަނީ ބޮޑު ޑިސްކައުންޓްތަކެއް ދީފަ އެވެ.

މުނި ހޯމްކެއާ އިން މި ވަގުތު މާލެ އަދި ހުޅުމާލޭގައި ޖުމްލަ ހަތަރު ފިހާރައެއް ހިންގަ އެވެ. އޭގެ ތެރޭގައި މާލެ އިން މުނި ހޯމްކެއާ ލިވިންގް ސެންޓަރު، ފަރުނީޗަރު ސެންޓަރު، މުނި ޓްރޭޑާސް އަދި ހުޅުމާލޭގެ ސެންޓްރަލް މޯލްގައި ހިންގަމުންދާ ސޭލްސް ސެންޓަރު ހިމެނެ އެވެ.