Roadha Mihaaru
ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑު ނިމިއްޖެ

ކިންގް ސަލްމާން މިސްކިތުގެ މައިގަނޑު މަސައްކަތް ނިމިއްޖެ

12 ނޮވެމްބަރ 2018

ސައުދީ ސަރުކާރުން މާލޭގައި ބިނާކޮށްދޭ ކިންގް ސަލްމާން މިސްކިތުގެ ކޮންކްރީޓް އޮނިގަނޑުގެ މަސައްކަތް ނިމިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސައުދީ ސަރުކާރުން މާލޭގައި ބިނާކޮށްދޭ ކިންގް ސަލްމާން މިސްކިތުގެ ކޮންކްރީޓް އޮނިގަނޑުގެ މަސައްކަތް ނިމިއްޖެ އެވެ.

ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑު ނިމުނުކަން މިއަދު ހާމަކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ސަރުކާރުން އެ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

އާޓިފިޝަލް ބީޗްގެ އުތުރުން އޮންނަ ބިމުގައި އަޅާ އެ މިސްކިތުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ ޓްވީޓް

ހަ ބުރި އަށް ހަދާ އެ މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކިންގް ސަލްމާން މިސްކިތުގައި ހިމެނޭނެ ބައެއް ތަންތަން:

- މަލްޓި ޕާޕަސް ހޯލެއް ހުންނާނެ - ގުރުއާނާ ބެހޭ މަރުކަޒު އެ މިސްކިތަށް ބަދަލުކުރެވޭނެ - ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއެއް ހުންނާނެ - ސެމިނާތައް ބާއްވާނެ ކްލާސްރޫމްތައް ހުންނާނެ

އެ މިސްކިތަކީ ޖާގަ ތަނަވަސް އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.