Roadha Mihaaru
އިމްރާން ވަޒީރުކަން ކުރުމަށް ހުރަސް އެބައޮތް: ފާއިޒް

އިމްރާން ވަޒީރުކަން ކުރެއްވުމަށް ހުރަހެއް އެބައޮތް: ފާއިޒް

18 ނޮވެމްބަރ 2018

ރާއްޖޭގެ ވެރިކަމާ އިއްޔެ ހަވާލުވި އާ ސަރުކާރުގައި ހޯމް މިިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށް އެ މަގާމު އަދާ ކުރައްވަން ހުރަސް އެބައޮތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ވެރިކަމާ އިއްޔެ ހަވާލުވި އާ ސަރުކާރުގައި ހޯމް މިިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށް އެ މަގާމު އަދާ ކުރައްވަން ހުރަސް އެބައޮތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ފާއިޒް އެގޮތަށް ވިދާޅުވީ، އިމްރާންގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އޭނާ އަށް ވަޒީރުކަން ކުރެވިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދަނިކޮށެވެ. ގާނޫނުއަސާސީ ބުނާގޮތުން، ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތް ބޭފުޅަކަށް ވަޒީރުކަން ކުރެއްވޭނީ އެ ހުކުމް ތަންފީޒުކޮށް، ނިމުނުތާ ނުވަތަ މާފު ލިބުނުތާ ތިން އަހަރު ވުމަށް ފަހު އެވެ.

އިމްރާންގެ ޖަލު ހުކުމުގެ މައްސަލަ ރިވިއު ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އޭނާގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ. އެކަމަކު އިމްރާންގެ ޖަލު ހުކުމް އަދިވެސް ބާތިލެއް ނުކުރެ އެވެ.

ފާއިޒް އެމަނިކުފާނުގެ ފޭސްބުކްގައި ލިޔުއްވާފައި ވަނީ އިމްރާން ވަޒީރުކަން ކުރެއްވުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލު ކުރަންޖެހޭ ކަމަށެވެ. އެކަމަކު، އޭގެ ތަފްސީލެއް ފާއިޒް ލިޔުއްވައިފައެއް ނުވެ އެވެ.

ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ހުކުމް ތަންފީޒު ކުރުން ފަސް ކުރިޔަސް، އިމްރާންގެ ޖަލު ހުކުމް ބާތިލް ނުކުރާހާ ހިނދަކު އޭނާ އަށް ވަޒީރު ކަމެއް ނުކުރެއްވޭނެ އެވެ.

ނަމަވެސް، އަނެއް ބައި ބޭފުޅުން ވިދާޅުވާ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އިމްރާނަށް އެ މަގާމު އަދާ ކުރެއްވިދާނެ އެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވިދާޅުވަނީ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އިތުރުން، އެ ހުކުމުގެ ދަށުން އެއްވެސް ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި އޮތުމެވެ.