25 ނޮވެމްބަރ 2018
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ އަންގާރަ ދުވަހު ފެށުމަށް އެ ކޯޓުގައި ތާވަލްކޮށްފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ އަންގާރަ ދުވަހު ފެށުމަށް އެ ކޯޓުގައި ތާވަލްކޮށްފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކުރީގެ މިނިސްޓަރު ނާޒިމަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމަށް އިއްވާފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
ދެ ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމީ ދެ ބޭފުޅުންގެ ހުކުމުގެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ. އެ ދެ ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި އެ ހުކުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް އެއްވެސް ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ.
ކުރީގެ މިނިސްޓަރު ނާޒިމަށް އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އޭނާގެ ފަރާތުން ކުރިން ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އޭރު އޮތީ ނިންމައިފަ އެވެ. އެކަމަކު، އެ ނިިންމުން ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުމުން މައްސަލަ ބަލައިގަތެވެ.
ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނިކޮށް، އޭނާ ޖަލަށްލާން 2015 ގައި ހުކުމްކުރީ ސުޕްރީމް ކޯޓުންނެވެ. އެ މައްސަލަ ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ.
ކުރީގެ މިނިސްޓަރު ނާޒިމްގެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި އަބްދުލްޣަނީ މުހައްމަދެވެ. ކުރީގެ މެމްބަރު ނާޒިމްގެ މައްސަލަ ބައްލަވަނީ އަރީފާއި އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
އަމިއްލަ ސިޔާސީ ޕާޓީއަކާއެކު ނާޒިމް ނުކުންނަވަނީ
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް
ދެ ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ
ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަނީ
ނާޒިމްގެ މައްސަލައިގައި އިޖްރާއީ އަޑުއެހުމެއް ބާއްވަނީ
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް