އަހަރީ ބާޒާރުގެ ނަމުގައި، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ރެޑް ވޭވުން ފަށައިފި އެވެ.
26 ނޮވެމްބަރ 2018
އަހަރީ ބާޒާރުގެ ނަމުގައި، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ރެޑް ވޭވުން ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މިމަހު 15 އިން ޖެނުއަރީ 15، 2019 ގެ ނިޔަލަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ހުޅުވާފައިވާ ރެޑްވޭވް ފިހާރަތަކުން ވިއްކާ ފަރުނީޗަރު، އިލެކްޓްރޯނިކް ސާމާނު، އަދި ބަދިގެ ސާމާނުގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 70 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ދޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
އޭގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ރެޑްވޭވުން 1،500 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި އެ ކޫޕަނުން ގޮރުއަތުން ހޮވޭ މީހުންނަށް ހަފުތާގެ އިނާމުގެ ގޮތުގައި އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
އެގޮތުން އެއް ވަނަ އަށް ހޮވޭ މީހަކަށް 50،000 ރުފިޔާ، ދެ ވަނަ އަށް ހޮވޭ މީހަކަށް، 30،000 ރުފިޔާ، އަދި ތިން ވަނަ އަށް ހޮވޭ މީހަކަށް އިނާމުގެ ގޮތުގައި 20،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭނެ އެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކަށް ހާއްސަ އިނާމުތަކެއް ދޭން ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮމޯޝަންގައި ޗައިނާގެ މަޝްހޫރު ކޮންކާ ގްރޫޕް ކޮމްޕެނީ ލިމިޓެޑްގެ އަގު ހެޔޮ، ކޮލިޓީ ޓީވީ ވަނީ ތައާރަފްކޮށްފަ އެވެ. އެ ގޮތުން އެ ބްރޭންޑްގެ 4ކޭ ކޮލިޓީ ޓީވީ އަކީ ރާއްޖޭގެ ބާޒާރުގައި މި ވަގުތު ލިބެން ހުރި އެންމެ އަގު ހެޔޮ ޓިވީ އެވެ. މި ބްރޭންޑްގެ ޓީވީ ރާއްޖެ އަށް ތައާރަފް ކޮށް، އޭގެ ތަފާތު ފަސް ސައިޒެއް މިހާރު ދަނީ އެ ފިހާރަ އިން ވިއްކަމުންނެވެ.
ރެޑްވޭވުން އަހަރު ނިންމާ ސޭލް ފަށައި، އެ ފިހާރަ އިން ތައާރަފް ކުރި ކޮންކާ ބްރޭންޑްގެ ޓީވީ. --ފޮޓޯ: ރެޑްވޭވް
ރެޑް ވޭވުން ބުނި ގޮތުގައި ނޮވެމްބަރު 15 ވަނަ ދުވަހު ފެށި ޕްރޮމޯޝަނަކީ ގޭތެރޭ ފަރުނީޗަރާއި ބަދިގެ ސާމާނު އާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި މިހާތަނަށް އެ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާ ކަމަށް އެ ފިހާރަ އިން ބުންޏެވެ.
އަގުހުރި އިނާމުތަކާއެކު ރެޑްވޭވް އަހަރީ ބާޒާރު ފަށައިފި
ރެޑްވޭވް ލިވިން، އެންމެ ގިނަ މުދާ ލިބޭ ފިހާރަ
ރެޑް ވޭވުން ފަރުނީޗަރު ފިހާރައެއް ހުޅުވައިފި
ހައި އެންޑްގެ އަގުހުރި އިނާމުތަކަކާއި ޑިސްކައުންޓް
"އޭވޮން" އިން އާ އެނދެއް ތައާރަފް ކޮށްފި
ގިޒްމޯގެ އާ އަހަރުގެ ޕްރޮމޯޝަން، ޑިސްކައުންޓާއި އެކު
އެސްޓީއޯއިން މި އަހަރު ވެސް ނިންމާލާނީ ބޮޑު ސޭލަކުން
ލިންކް ސާވްގެ ހުޅުމާލެ ފިހާރަ އަލުން ހުޅުވައިފި
އިލެކްޓްރޯނިކްސްގެ މަރާމާތަށް ލިންކްސާވް ރިޕެއާ ސެންޓަ
އެޗްއެސްސީން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް