Roadha Mihaaru
ލިންކް ސާވްގެ ހުޅުމާލެ ފިހާރަ އަލުން ހުޅުވައިފި

ލިންކް ސާވްގެ ހުޅުމާލޭގެ ފިހާރަ އަލުން ހުޅުވައިފި

09 ނޮވެމްބަރ 2022

ހުޅުމާލޭގައި ކުރިން ހިންގި ލިންކް ސާވް ފިހާރަ، ކޮވިޑާ ގުޅިގެން ބަންދުކުރުމަށް ފަހު އިއްޔެ އަލުން ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލޭގައި ކުރިން ހިންގި ލިންކް ސާވް ފިހާރަ، ކޮވިޑާ ގުޅިގެން ބަންދުކުރުމަށް ފަހު އިއްޔެ އަލުން ހުޅުވައިފި އެވެ.

ހުޅުމާލޭގެ ނިރޮޅުމަގުގައި ކުރިން ހިންގި އެ ފިހާރަ އަލުން މި ހުޅުވީ ފިތުރޯނު މަގުގައި ހުންނަ އެޕޯލޯ ޓަވަރުގަ އެވެ.

ލިންކް ސާވުން ބުނީ، ހުޅުމާލޭގެ ފިހާރަ އަލުން ހުޅުވީ، އެ ރަށުގައި ދިރިއުޅޭ ކަސްޓަމަރުންގެ ޑިމާންޑު އިތުރުވެ، ހުޅުމާލޭގައި ފިހާރައެއް ހުޅުވުމަށް ގިނަ ކަސްޓަމަރުންތަކެއް އެދެމުން އަންނާތީ، އެ މީހުންގެ ލުއިފަސޭހައަކަށް ކަމަށެވެ.

ހުޅުމާލޭގައި ހުޅުވި ފިހާރައާ ގުޅޭ ގޮތުން ލިންކް ސާވުން ކުރި ޕޯސްޓު.

އިލެކްޓްރޯނިކްސްގެ ގިނަ ބާވަތްތަކެއް ވިއްކާ ލިންކް ސާވްގެ ހުޅުމާލެ ފިހާރަ ޑިޒައިން ކޮށްފައި ވަނީ ކަސްޓަމަރުންނަށް ފަސޭހައިން އެ ބާވަތްތައް ފެންނަ ގޮތަށެވެ. މާލޭގެ ފިހާރައިން ލިބެން ހުރި ސެކިއުރިޓީ ސޮލިއުޝަންތަކުގެ ޕްރޮޑަކްޓުތަކާއި ނެޓްވޯކިން އާއި ހޯމް އޮޓޮމޭޝަންގެ ޕްރޮޑަކްޓުތައް ވެސް ހުޅުމާލެ ފިހާރައިން ލިބޭނެ އެވެ.

އިލެކްޓްރޯނިކްސްގެ ގިނަ އައިޓަމްތަކެއް އެ ފިހާރައިން ލިބޭނެ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިލެކްޓްރޯނިކްސްގެ ގިނަ އައިޓަމްތަކެއް އެ ފިހާރައިން ލިބޭނެ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލިންކް ސާވުން މިހާރު އަންނަނީ މި އަހަރުގެ ވޯލްޑް ކަޕާ ގުޅުވައިގެން ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ. އެ ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ވިއްކާ ޕްރޮޖެކްޓަރުތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެއީ ލިންކް ސާވްގެ ހުރިހާ ފިހާރައެއްގައި ވެސް ބާއްވާ ޕްރޮމޯޝަނެކެވެ.