އެކްޓަރަކަށް ވިޔަސް ޖޯން އަބްރަހަމަކީ ފުޓްބޯޅައާ ބީރައްޓެހި މީހެއް ނޫނެވެ. ފުޓްބޯޅަ ކުޅެން ވެސް ވަރަށް ބޮޑަށް ލޯބި ކުރާ ޖޯން ވަނީ މީގެ ކުރިން ފުޓްބޯޅަ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ 2007 ގެ "ދަން ދަނާ ދަން ގޯލް" އެވެ.
29 ނޮވެމްބަރ 2018
އެކްޓަރަކަށް ވިޔަސް ޖޯން އަބްރަހަމަކީ ފުޓްބޯޅައާ ބީރައްޓެހި މީހެއް ނޫނެވެ. ފުޓްބޯޅަ ކުޅެން ވެސް ވަރަށް ބޮޑަށް ލޯބި ކުރާ ޖޯން ވަނީ މީގެ ކުރިން ފުޓްބޯޅަ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ 2007 ގެ "ދަން ދަނާ ދަން ގޯލް" އެވެ.
އޭނާ މިހާރު އަނެއްކާވެސް ވަނީ ފުޓްބޯޅައިގެ ވާހަކަ ކިޔައިދޭ ފިލްމަކާ ދިމާއަށް މިސްރާބު ޖަހައިފަ އެވެ. ކުރިން ވެސް ޖޯން ވަނީ "1911" ގެ ނަމުގައި ފުޓްބޯޅަ ފިލްމެއް ހަދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓުނީ އެވެ.
އުފާވެރި ހަބަރަކީ "1911" އަލުން ސްކްރީނަށް ގެނައުމުގެ މަސައްކަތް މިހާރު ފަށަން ނިންމާފައިވާ ކަމެވެ. މިކަން ފަހިވެގެން މި ދިޔައީ ދާދި ފަހުން ޖޯންގެ ފިލްމު ކުންފުނި ޖޭއޭ އެންޓަޓައިންމަންޓާއި ޓީ ސީރީޒާއި ނިކިލް އަދުވާނީގެ ފިލްމު ކުންފުނި ގުޅިގެން ހަ ފިލްމެއް ގެނެސް ދޭން ހަދާފައިވާ އެއްބަސްވުމުގެ ދަށުންނެވެ.
The honour is all mine @nikkhiladvani #1911 https://t.co/o1GWGoYUjj
— John Abraham (@TheJohnAbraham) November 26, 2018
ޖޯންގެ ޓްވީޓެއް.
އެ އެއްބަސްވުމުގެ ބައެއްގެ ގޮތުން "1911" ހަދަން ނިންމާފައިވާކަން ކަށަވަރުކޮށް ދެމުން ޖޯން ބުނީ އިންޑިއާގެ ފުޓްބޯޅައިގެ ތާރީހީ ސޮފުހާއެއް ސްކްރީނަށް ގެނައުމަކީ ފުޓްބޯޅަ އަށް ލޯބިކުރާ އިންޑިއާގެ މިހާރުގެ ޒުވާނުންނަށް ވަރަށް ރަނގަޅު ފިލާވަޅަށް ވާނެ ކަމަށެވެ.
"އަހަރެމެން މި އުޅެނީ އިބުރަތްތަކެއް ލިބޭ ގޮތަށް އަދި މުނިފޫހި ވެސް ފިލާ ގޮތަށް މި ފިލްމު ގެނެސްދޭން،" ނިކިލްގެ އާ ފިލްމު "ބަތުލާ ހައުސް" ގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ޖޯން ބުންޏެވެ.
"މި ފިލްމު ހަދަން ޓީ ސީރީޒާއި ނިކިލްގެ ހިއްސާ ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
Thank you @RoshmilaMIRROR for telling our stories with so much grace and dignity. https://t.co/QjfbA3CyUb #1911 @TheJohnAbraham @MumbaiMirror
— Nikkhil Advani (@nikkhiladvani) November 26, 2018
ނިކިލްގެ ޓްވީޓެއް.
ކަލްކަތާގައި ޝޫޓް ކުރަން ނިންމާފައިވާ "1911" އާ ބެހޭ ގޮތުން ނިކިލް ބުނީ އޭނާ ވެސް ހުރީ މި ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. ބެލެވޭ ގޮތުން އޭނާ މި ފިލްމުގެ ޑައިރެކްޝަނާ ވެސް ހަވާލުވާނެ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.
"ހަގީގަތުގައި ވެސް ކަލްކަތާގެ ވާހަކައެއް ވަރަށް ފުރިހަމަ އަށް ގެނެސް ދެވޭނެ ފިލްމަކަށް ވާނެ،" ނިކިލް ބުންޏެވެ.
#1911 kicks off.⚽@itsBhushanKumar, @TheJohnAbraham & @nikkhiladvani bring to you #1911, the story of one of the most iconic sports event in the history of India, starring John Abraham, directed by Nikkhil Advani.?
— TSeries (@TSeries) November 26, 2018
@EmmayEntertain @johnabrahament @monishaadvani @madhubhojwani pic.twitter.com/V211nEA9ip
ޓީ ސީރީޒްގެ ޓްވީޓެއް.
ޖޯން ފުޓްބޯޅަ ތަރިއެއްގެ ގޮތުގައި ފެންނާނެ "1911" ގެ މައިގަނޑު ގޮތެއްގައި ކިޔައިދެނީ 1889 ގައި އުފެއްދި ފުޓްބޯޅަ ކުލަބު، މޯހަން ބަގަން އެތުލެޓިކް ކުލަބް އުފެއްދިތާ 15 އަހަރު ފަހުން އިންޑިއަން ފުޓްބޯލް އެސޯސިއޭޝަން (އައިއެފްއޭ) ޝީލްޑް މުބާރާތުގައި ވާދަކޮށް އިނގިރޭސިންގެ ޓީމެއް ބޮޑު ބައްޔަކުން ބަލިކޮށް ތާރީހީ ކާމިޔާބީއެއް ހޯދި ގޮތެވެ.
މިއީ އިންޑިއާ އަށް އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމުގެ މާ ކުރީގެ ކާމިޔާބީއަކަށް ވާތީ، ޖޯން "1911" ސިފަކުރަނީ މިނިވަންކަމަށް ކުރި މަސައްކަތެއްގެ ގޮތުގަ އެވެ. އެ ކާމިޔާބީ ހޯދި ޓީމުގެ ކޯޗަކަށް ހުރީ ސައިލެން ބާސޫ އެވެ.
ޖޯންގެ ފުޓްބޯޅަ ފިލްމު "1911" ނިކިލް އަށް
ހަނގުރާމާގައި ޖޯން އަބްރަހަމް ހުރީ ރަޝިއާ ކޮޅަށް!
"ޕަތާން"ގެ ޑިޖިޓަލް ރިލީޒް އިތުރު މަންޒަރުތަކާ އެކު
ޕަތާންގެ މަންޒަރުތައް ސައިބީރިއާގެ "ފްރޯޒެން ލޭކް"ގައި
އޭކް ވިލަން 2ގެ "ދިލް" ނެރެފި
"އޭކް ވިލަން 2"ގެ ޓްރެއިލާ ނެރެފި
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
ޖޯން ފިލްމު ކުޅޭ އަގު ދެ މިލިއަނަށް ބޮޑުކޮށްފި
"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު
ތާރާ ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވެއްޖެ