Roadha Mihaaru
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް

މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް

21 ޖެނުއަރީ 2022

އިންޑިއާގެ ބަތަލާ ރަކުލް ޕްރީތު ސިންގް އަށް މި އަހަރަކީ ހަމަ ޔަގީނުން ވެސް ވަރަށް ބޮޑު އަހަރަކަށް ވާނެ އެވެ. އޭނާގެ ޖުމްލަ އަށް ފިލްމެއް މި އަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ އިރު، އޭގެ ތެރެއިން ހަ ފިލްމަކީ ބޮލީވުޑްގެ ފިލްމުތަކެވެ. ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވަތަކުން ހަދާ ފިލްމުތައް ވެސް ވަރަށް ގިނައިން ކުޅޭ 31 އަހަރުގެ ބަތަލާ ބުނި ގޮތުގައި ގިނަ ފިލްމުތަކެއް މި އަހަރަށް ހުއްޓަސް އެއިން ކޮންމެ ފިލްމެއްގައި ވެސް ކުޅެފައިވާ ކެރެކްޓާ ވަރަށް ތަފާތު ވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ސާދައިގެ "ޔާރިޔާން" އިން ބޮލީވުޑަށް ނުކުތް ރަކުލް މި އަހަރު ފެންނާނެ ހިންދީ ފިލްމުތަކަކީ ޖޯން އަބްރަހަމްގެ "އެޓޭކް" އާއި އަޖޭ ދޭވްގަންގެ "ރަންވޭ 34" އާއި އަޖޭ އާއި ސިދާތު މަލްއުތުރާގެ "ތޭންގް ގޯޑް" އާއި އަޔޫޝްމަން ކްުރާނާގެ "ޑޮކްޓަރު ޖީ" އާއި އަކްޝޭ ކުމާރުގެ "މިޝަން ސިންޑްރެއްލާ" ގެ އިތުރުން "ޗަތުރީވާލާ" އެވެ.

"ރަންވޭ 34" އާއި "ތޭންގް ގޯޑް" އަކީ 2019 ގެ ކާމިޔާބު ފިލްމު "ދޭ ދޭ ޕިޔާރު ދޭ" އަށް ފަހު އަޖޭއާ އެކު ރަކުލް ފެންނާނެ ފިލްމުތަކެވެ. "އެޓޭކް" އަކީ މިދިޔަ އަހަރު ރިލީޒްކުރި ރަކުލް އާއި އަރުޖުން ކަޕޫރްގެ "ސަރުދާރު ކާ ގްރޭންޑް ސަން" އަށް ފަހު، ރަކުލް އާއި ޖޯން އެއް ފިލްމަކުން ފެންނާނެ ފުރަތަމަ ފިލްމެވެ.

އަކްޝޭ އާއި އަޔޫޝްމަނާ އެކު އޭނާ ކުޅުނު ފިލްމުތަކަކީ އެ ދެ ތަރިންނާ އެކު މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. ފާހަގަކޮށްލެވޭ ކަމަކީ "މިޝަން ސިންޑްރެއްލާ" އަކީ ރަކުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު/ޕްރޮޑިއުސަރު ޖެކީ ބަގްނާނީގެ އާއިލީ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓްގެ ފިލްމެއް ކަމެވެ.

މި އަހަރު ރިލީޒްވާން ހުރި ރަކުލްގެ ހަ ފިލްމުގެ އިތުރުން ދެން އޮތް ދެ ފިލްމަކީ ތަމަޅަ/ތެލެގޫ ފިލްމެއް ކަމަށްވާ "31 އޮކްޓޯބާ ލޭޑީސް ނައިޓް" އާއި ތަމަޅަ ފިލްމު "އަޔަލާން" އެވެ.

އިންޑިއާގެ އެންމެ މަޝްހޫރު އެކްޓަރުންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބެމުން އަންނަ ހުނަރުވެރި އަދި ކާމިޔާބު ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރަށް ތާވަލުކޮށްފައި އޮތް ކަމަލް ހާސަންގެ "އިންޑިއަން 2" ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު "ސަރުދާރު ކާ ގްރޭންޑްސަން" ގެ އިތުރުން އެހެން ދެ ފިލްމަކުން ވެސް ރަކުލް ފެނިފައިވެ އެވެ. އެއީ ތެލެގޫ ފިލްމުތައް ކަމަށްވާ "ޗެކް" އާއި "ކޮންޑާ ޕޯލަމް" އެވެ.

"މި އަހަރާ ދޭތެރޭ ވަރަށް އުފަލުން މި ހުންނަނީ. އުންމީދުކުރަން އަހަރެންގެ ހުރިހާ ފިލްމުތަކެއް ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް،" 2020 ގައި އާއިލާއާ އެކު ރާއްޖެ އަށް ޗުއްޓީ އަށް ވެސް އައި ބަތަލާ ބުންޏެވެ.