Roadha Mihaaru
މައި ކޮލެޖުން ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މައި ކޮލެޖުގެ ކެމްޕަސްތައް ފެހި ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފި

29 ނޮވެމްބަރ 2018

ރާއްޖެ ފެހި ކުރުމުގެ ގޮތުން މިއާންޒް ޕްރައިިވެޓް ލިމިޓެޑް (މައި ކޮލެޖް)ގެ ކެމްޕަސްތަކުގައި ގަސް އިންދުމާއި ޕްލާސްޓިކް ފުޅި ދެވަނަ ފަހަރަށް ބޭނުން ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން 'ލެޓްސް ގްރީން އިޓް' ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

ރާއްޖެ ފެހި ކުރުމުގެ ގޮތުން މިއާންޒް ޕްރައިިވެޓް ލިމިޓެޑް (މައި ކޮލެޖް)ގެ ކެމްޕަސްތަކުގައި ގަސް އިންދުމާއި ޕްލާސްޓިކް ފުޅި ދެވަނަ ފަހަރަށް ބޭނުން ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން 'ލެޓްސް ގްރީން އިޓް' ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

ސަކީނާ މަންޒިކްގައި ހުންނަ މައި ކޮލެޖްގެ ކެމްޕަހުގައި ރޭ އެ ޕްރޮގްރާމް ލޯންޗްކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ހާއްސަ މެހެމާނެއްގެ ގޮތުން އީކޯކެއަ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަަރު މުހައްމަދު ޒާހިރު ވެސް ބައިވެރިވަޑައިގަތެވެ.

ޕްރޮގްރާމް ލޯންޗުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރަކަށް އައިސް މާލޭގެ ފެހިކަން ގެއްލި، ކޮންކްރީޓް ޖަންގައްޔަކަށް ބަދަލު ވެފައިވާ ކަމަށާއި، ރުއްގަހުން ފުރިފައިވާ ރަށްތަކުން ލިބޭ ހިތްހަމަޖެހުން މިހާރު މާލެއިން ލިބުން ދަތި ކަމަށެވެ. އެގޮތުން މައި ކޮލެޖުން އިސްނަގައިގެން ގިނަ ދަރިވަރުންނާއި މުއައްޒަފުން މިފަދަ ހަރަކާތެއް ހިންގުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

ގައުމަށްޓަކައި އިސްނަގައިގެން ފެށި މި ޕްރޮގްރާމް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި މައި ކޮލެޖުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު މުއްތަކީ ވިދާޅުވީ މިއީ ހަމައެކަނި މި އަހަރު ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ނޫން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ކުރިޔަށް އޮތް ދުވަސްތަކުގައި މައި ކޮލެޖުގެ 17 ކެމްޕަހެއްގައި، ހުއްޓާނުލައި މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަން މުއްތަކީ ފާހަގަ ކުރެއްވި އެވެ.