Roadha Mihaaru
ރައީސްގެ ސްޕޯކްސްޕާސަނަކަށް ހޫދު

ރައީސްގެ ސްޕޯކްސްޕާސަނަކަށް ހޫދު

29 ނޮވެމްބަރ 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕޯކްސްޕާސަންގެ ދައުރު އަދާކުރައްވާނީ، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި އިބްރާހީމް ހޫދު ކަމަށް ރައީސް މިއަދު ހަމަޖައްސަވައިފި އެވެ.

ހޫދަކީ، އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗާ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ސ. ހިތަދުއަށް އުފަން ހޫދަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވާފައި ބޭފުޅެކެވެ. އޭރު ހޫދު ހުންނެވީ ނައިބު ރައީސް މުހައްމަދު ވަހީދުގެ ސެކްރެޓޭރިއޭޓުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގަ އެވެ. އެކަމަކު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ސަރުކާރުން ވަކިވެވަޑައިގެން އޭނާ ވަނީ ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފަހުން ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ މަގާމުގަ އެވެ. އަދި ހޫދު ވަނީ ފޮރިން މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.