02 ޑިސެމްބަރ 2018
ހިއްސާގެ ބާޒާރުގައި ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏަށް މައިކްރޮސޮފްޓްވެ، އެޕަލް އެ މަގާމުން ވެއްޓިއްޖެ އެވެ. މިއީ 15 އަހަރުގެ ތެރޭގައި މައިކްރޮސޮފްޓަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.
ހިއްސާގެ ބާޒާރުގައި ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏަށް މައިކްރޮސޮފްޓްވެ، އެޕަލް އެ މަގާމުން ވެއްޓިއްޖެ އެވެ. މިއީ 15 އަހަރުގެ ތެރޭގައި މައިކްރޮސޮފްޓަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.
މިދިއަ ހުކުރުދުވަހު ހިއްސާ ބާޒާރު ބަންދުވި އިރު މައިކްރޮސޮފްޓްގެ އަގު ހުރީ 851 ބިލިއަން ޑޮލަރުގަ އެވެ. އެޕަލްގެ އަގަކީ 847 ބިލިއަން ޑޮލަރެވެ.
މިދިއަ ހަފުތާގެ ހިއްސާގެ ބާޒާރުގެ ކޮންމެ ދުވަހެއްގައިހެން މި ދެ ކުންފުނި އުޅުނީ ވަރަށް ވާދަވެރިކޮށެވެ. އެކަމަކު ހުކުރުދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ވިޔަފާރި ބަންދުކުރާ އިރު އެޕަލް ކުރި އަތުލި އެވެ.
ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުނި މައިކްރޮސޮފްޓް، ދުނިޔޭގެ ހިއްސާގެ ބާޒާރުގައި އެންމެ އަގުހުރި ކުންފުންޏަށް ވިޔަސް އަހަރުގެ އާމްދަނީ އާއި ފައިދާއަށް ބަލާއިރު އެޕަލް އަދިވެސް އުޅެނީ މާ ކުރީގަ އެވެ.
މައިކްރޮސޮފްޓްގެ އަގު މައްޗަށް އެރީ އެ ކުންފުނީގެ ކްލައުޑް ސާވިސް ހޯދާ ކުންފުނިތައް ގިނަވެ، އޭގެ ކުރިމަގާ މެދު އިންވެސްޓަރުންގެ އުއްމީދު ބޮޑުވުމުންނެވެ. އެއާ ހިލާފަށް އެޕަލްގެ މައިގަނޑު ވިޔަފާރި ބިނާވެފައި އޮންނަނީ އާންމު މީހުންނަށް ކަމަށް ވާތީ، ފޯނު ވިކުން މަދުވެއްޖެ ނަމަ ކުރިމަގުގެ އުޖާލާކަން، އިންވެސްޓަރުންނަށް ގެއްލެ އެވެ.
އެޕަލްގެ އާ އުފެއްދުންތައް ތައާރަފްކުރަނީ: ކުންފުނީގެ ހިއްސާގެ އަގު ދަނީ ވެއްޓެމުން
އެޕަލްގެ ވިޔަފާރިއާ މެދު އިންވެސްޓަރުންގެ ކަންބޮޑުވުން އުފެދޭ ބައެއް ސަބަބުތައް މި ފަހުން ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ޗައިނާގައި އުފައްދައިގެން އެމެރިކާއަށް އެތެރެކުރާ އައިފޯނުން ވެސް ޑިއުޓީ ނަގަން ޖެހިދާނެކަމުގެ އިންޒާރު، އެމެރިކާ ސަރުކާރުން ދިނުން ހިމެނެ އެވެ.
މިދިއަ އޮކްޓޯބަރުން ފެށިގެން އެޕަލްގެ ހިއްސާ ދިޔައީ ދަށްވަމުންނެވެ. އެގޮތުން މިހާތަނަށް ހިއްސާއަކުން 25 ޕަސެންޓްގެ ވެއްޓުމެއް ކުރިމަތިވި އެވެ. ފައިސާގެ އަދަދުން އަގުކުރާ ނަމަ އެއީ 200 ބިލިއަން ޑޮލަރެވެ.
މައިކްރޮސޮފްޓްގެ މައްޗަށް އެޕަލް އިން އެންމެ ފުރަތަމަ ކުރި ހޯދީ 2010 ގަ އެވެ. އޭގެ ފަހުން ބިޔަ ތެޔޮ ކުންފުނި އެކްޒަން މޮބައިލް ފަހަތަށް ޖައްސާލައިފައި ހިއްސާގެ ބާޒާރުގައި ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏަކަށް 2011 ގައި އެޕަލް ވި އެވެ. މިދިއަ ހުކުރުދުވަހާ ހަމައަށް އެ މަގާމު އެޕަލް އިން ދަމަހައްޓަމުން އައީ މާ ބޮޑު ހުރަހެއް ނެތި އެވެ.
އެޕަލް އަކީ ހިއްސާގެ ބާޒާރުގައި އޭގެ އަގު 1 ޓްރިލިއަން ޑޮލަރު (1000 ބިލިއަން) އަށް އެރި ފުރަތަމަ ކުންފުނި ވެސް މެ އެވެ.
އެޕަލްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ދެ ޓްރިލިއަން ރޭހުގެ ކުރީގައި މައިކްރޮސޮފްޓް
ޓެސްލާ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ޔޫއޭއީން 2030 އަށް 6ޖީ ގެންނަން އަމާޒު ހިފައިފި
އެންވީޑިއާ އިން އާމް ގަންނަނީ
ގޫގުލް އިން ފިޓްބިޓް ގަތުން ރަނގަޅުތޯ ބަލަނީ
އެޕަލް 2030 އަށް ކާބަން ނިއުޓްރަލްވަނީ
އެޕަލްގެ އަހަރީ ކޮންފަރެންސް އޮންލައިންކުރަނީ
ގޫގުލް ހިންގާ އަލްފަބެޓްގެ އަގު ޓްރިލިއަން ޑޮލަރަށް