Roadha Mihaaru
އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަނީ

އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަނީ

04 ޑިސެމްބަރ 2018

އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް އެ ގައުމުން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް އެ ގައުމުން ނިންމައިފި އެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޖެރަމީ ހަންޓު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރަކު ލައްކައަކަށް ވުރެ ގިނަ އިނގިރޭސިން ރާއްޖެ އަށް ޒިޔާރަތް ކުރާއިރު، އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުން ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިކުރަން ފަސޭހަ ވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ ދެ ގައުމު ދެމެދު އޮތް ގާތް ގުޅުން ބަދަހިވެފައިވާ ކަން ހާމަވާ ކަމެއް ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ އެ ނިންމުމަށް ފޮރިން މިނިސްޓްރީން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓު.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ނިންމުމުގެ ސަބަބުން ތައުލީމާއި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ އިން ގުޅުން ބަދަހިވެ، އިންވެސްޓްމަންޓްތައް ލިބުމަށް ފަހިވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީީ، އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް ދިވެހި ސަރުކާރުން ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.

އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، އެއީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެމްބަސީއެއް ގާއިމު ކުރާ ގައުމަށް ވާނެ އެވެ.