އެސްޓީއޯގެ ކާޑު ގުދަންތައް މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.
07 ޑިސެމްބަރ 2018
އެސްޓީއޯގެ ކާޑު ގުދަންތައް މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނީގެ އެމްޑީގެ މަގާމަށް މި ހަފުތާގައި އައްޔަންކުރި އަމްރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލޭގައި އެންމެ ފެން ބޮޑުވާ ސަރަހައްދުގައި ހުރި ކާޑު ގުދަންތައް ބަދަލުކުރަން ހުޅުމާލެ ވެސް ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކަމާ މެދު ގޮތެއް ނިންމޭނީ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިއަ ބުދަދުވަހު މާލެއަށް ކުރި ބޯ ވިއްސާރައިގައި ވެސް ކާޑު ގުދަންތަކަށް ފެން ވަނެވެ. އެކަމަކު ކާޑުގެ ބާވަތްތައް ތަނުގެ މުވައްޒަފުންގެ މަސައްކަތުން ސަލާމަތްކުރި އެވެ.
އަމްރު ވިދާޅުވީ ކާޑު ގުދަންތައް ބަދަލުކުރަން ވަރަށް ބޮޑު ބިމެއް ވެސް ބޭނުންވާ ކަމަށެވެ. އޭގެ އިތުރުން ފަސޭހައިން އެތެރެކޮށް، ނެރެވޭނެ ހިސާބެއްގައި ގުދަންތައް ހެދުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަތޮޅުތަކުގައި ވެސް ހުންނާނެ ސްޓޯރޭޖު. އެކަމަކު ވެސް އެއީ އެހާ ބޮޑު ކުއަންޓިޓީއެއް ނޫން. އެ އަތޮޅަކަށް ބޭނުންވާ ދިހަވަރަކަށް ދުވަހުގެ ސްޓޮކު ހުންނާނީ،" އަމްރު ވިދާޅުވި އެވެ.
"މާލޭގައި ވެސް ބެހެއްޓެނީ ދޮޅު މަހެއްހާ ދުވަހު. ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ވަރަށް ބޮޑު ކްރައިސިސް އަކަށް ދާނެ. އެހެންވީމަ ވަރަށް ރިސްކު ބޮޑު ކަމެއް މިއީ."
އޭނާ ވިދާޅުވީ މާލޭ ދެކުނު ފަރާތުގައި ހިއްކާފައިވާ އިންޑަސްޓްރިއަލް ވިލެޖުގައި ކާޑު ގުދަންތައް ހަދަން ތަނުގެ ކޮންސެޕްޓް ޑިޒައިން ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު އެއީ ކަނޑު ތޮއްޓާ ކައިރި ހިސާބެއް ކަމުން ރާޅު ޖެހުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކިތަންމެ ބޮޑު ފާރެއް ރޭނިއަސް ލޮނުގެ އަސަރު ކުރާނެ ކަމަށް ބެލެވެނީ. އެހެންވީމަ އެތަނަށް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ މައްސަލައެކެވެ.
ބުދަދުވަހު ކުރި ބޯ ވިއްސާރައާ ގުޅިގެން އެސްޓީއޯ ކާޑު ގުދަނެއްގައި ފެން ބޮޑުވެފައި
މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިހާރު ހުރި ގުދަންތައް ބާވެ، ފެން ވެސް ފައިބާ ކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ބައެއް ފަހަރަށް ރައްކާތެރިކުރަނީ ސަތަރި އަޅައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު އެ ގުދަންތަކުގެ "މޭޖާ ރިޕެއާއަކަށް ދެވޭކަށް ނެތް. އެއީ ވަރަށް ބޮޑު ކަމެއް. އެ ލޮކޭޝަންގައި ތަން ތަރައްގީ ކުރުމަށް އިންވެސްޓް ކުރެވޭކަށް ވެސް ނެތް،" އަމްރު ވިދާޅުވި އެވެ.
ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ފުށް އަދި ހަކުރުގެ 50 ވަރަކަށް ކޮންޓެއިނަރު އަބަދުވެސް ރާއްޖެ އެތެރެކުރާ އިރު، އަމްރު ވިދާޅުވީ، އެ ހުރިހާ އެއްޗެއް އެއްފަހަރާ ކްލިއަކުރަން އެމްޕީއެލްގައި ވެސް ޖާގަ ނޯންނަ ކަމަށެވެ.
ކާޑު ގަންނަން އެސްޓީއޯ އަށް ސޮވެރިން ގެރެންޓީ ދީފި
ރޯދަ މަހު 70،000 ބަސްތާގެ ކާޑު ފޯރުކޮށްދިން
ހާސްނުވޭ، ކާޑުގެ ބާވަތްތައް ލިބޭނެ: އިންޑިއާ
މިއީ، ކާޑު ގުދަން ހަދަންވީ ވަގުތެއް ނޫން: އެެސްޓީއޯ
ހާސްކަމެއް ނެތް، ކާޑާއި ބޭސް ހުސްނުވެ ލިބޭނެ: އަމްރު
މާލެއާ އެއްއަގެއްގައި ރަށްރަށުގައި ކާޑުވިއްކަން ފަށައިފި
އެއް އަގެއްގައި ކާޑު ވިއްކަން އެސްޓީއޯ އިން ނާލު ދެނީ
ކާޑުގެ ބާވަތްތައް ރައްކާތެރި ކުރެވުނު: އަމްރު
މަދުވީ އެސްޓީއޯގެ ހަކުރު ކޯޓާއިން ބައެެއް
ގޭބިސީތަކަށް ކާޑު ބަހަން ހޮނިހިރު ދުވަހު ފަށަނީ