Roadha Mihaaru
ދެ މިނިސްޓްރީއަކަށް ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސައިފި

ދެ މިނިސްޓްރީއަކަށް ޑެޕިއުޓީ މިިނިސްޓަރުން އައްޔަނު ކުރައްވައިފި

11 ޑިސެމްބަރ 2018

އިތުރު ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ދެ ބޭފުޅަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިތުރު ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ދެ ބޭފުޅަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

އެއީ:

- އެޑިއުކޭޝަން މިނިސްޓްރީގެ ނައިބަކަށް ގއ. ވިލިނގިލި، އަލަދަޑިއާގެ، ޝަރްމާ ނަސީރު

- މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒްގެ ނައިބަކަށް ގދ. ތިނަދޫ، ގީނާ، އަހްމަދުﷲ ޖަމީލް

މި ދެ ބޭފުޅުންނާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިހާތަނަށް 10 ޑެޕިއުޓީ މިނިސްޓަރުން އައްޔަނު ކުރައްވައިފަ އެވެ. އިއްޔެ ވެސް އެ މަނިކުފާނު ތިން މިނިސްޓްރީއަކަށް ނައިބުން އައްޔަނު ކުރެއްވި އެވެ.

އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރައްވާފައިވާ ޑެޕިއުޓީ މިނިސްޓަރުންނާ އެކު، އެ މަގާމުގައި މިހާރު ތިއްބެވި ބޭފުޅުންގެ އަދަދު 31 އަށް އަރަ އެވެ.

މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ. އަދި މިހާތަނަށް އަލަށް އައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުންގެ އަދަދަކީ 29 އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.