14 ޑިސެމްބަރ 2018
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ސަލްޓަން ޕާކް ތަރައްގީކޮށް "ރަސްރަނި ބަގީޗާ"ގެ ގޮތުގައި ހުޅުވިޔަސް އެތަނަށް އަލުން ކުރީގެ ނަން ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރަން މާލޭ ސިޓީ ކައުންސިލުން ތާވަލްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ސަލްޓަން ޕާކް ތަރައްގީކޮށް "ރަސްރަނި ބަގީޗާ"ގެ ގޮތުގައި ހުޅުވިޔަސް އެތަނަށް އަލުން ކުރީގެ ނަން ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރަން މާލޭ ސިޓީ ކައުންސިލުން ތާވަލްކޮށްފި އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް އަންނަ އަންގާރަ ދުވަހު ބާއްވާނެ ކަމަށެވެ. ޝިފާގެ ޓުވީޓުގައި ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވި އެވެ.
ސަލްޓަން ޕާކްގައި ތަރައްގީކުރި ރަސްރަނި ބަގީޗާ --. ފޮޓޯ: ނިޝާން އަލީ/މިހާރު
Anna Angaaradhuvah council bahdhalvumah Sultan parkgenan alun dhiruvaa Rasrani Parkge nan badalkurumah thaaval kurani .@MaleCitymv @schamau @yumna_maumoon @ManadhooThoriq
— Shifa Mohammed? (@etna295) December 13, 2018
ޝިފާ ކުރެއްވި ޓުވީޓު.
ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރަސްރަނި ބަގީޗާގެ ނަމުގައި އެތަން ހުޅުއްވައި ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓްގައި ކުރީގެ ރައީސް ޔާމީނެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ހެދި އެތަނުގައި ވިންޓަ ތީމް ޕާކަކާއި ދެ ބުރިއަކަށް ވާ ގޮތަށް ހުންނަ ބޮޑު ފެންއަރުވާ ވަޑާމަކާއި ޓްރީ ހައުސް ބްރިޖަކާއި ގްރީން ޓަނަލް ފަދަ، ހިތްގައިމު ތަފާތު ތަންތަން ހިމެނެ އެވެ.
ރަސްރަނި ދިވެހިބަހުގައި ބޭނުންކުރަނީ ރަސްރަސްކަލުންނާއި ރަނިކަނބަލުންނަށް ކުރުކޮށް ކިޔާ ނަމެއްގެ ގޮތުގަ އެވެ. އަދި ރީތި އަންހެނުންނަށް ނިސްބަތްކޮށް ވެސް ރަސްރަނި ބޭނުންކުރެ އެވެ.
ރާއްޖޭގައި އޮތް ރަސްކަން، 1968 ގައި ނިމުމާ އެކު އޭރު ގަނޑުވަރު ހުރި ތަން ބަދަލުކުރީ ސަލްޓަން ޕާކަށެވެ. އެތަނުގައި ހުރި އިމާރާތްތަކުގެ ތެރެއިން ބެހެއްޓީ ހަމައެކަނި "މަތިގެކޮޅު" އެކަންޏެވެ.
"ރަސްރަނި ބަގީޗާ" އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ގައި ސަލްޓަން ޕާކަށް 50 އަހަރު ފުރުނު އިރު އެތަނުގެ ނަމަށް ގެނައި ހަމައެކަނި ބަދަލެވެ.
މާލެ ސިޓީ ކައުންސިލްގެ ހުވާކުރުން ސަލްޓަން ޕާކުގައި
ސަލްޓަން ޕާކު ފަޅުވެ، އަޅާނުލެވޭ ކަމުގެ ޝަކުވާ!
ސަލްޓަން ޕާކުގެ ބޯޑުތަކަށް ގެއްލުންދީފި
ޕާކުތަކަށް ވަންނަ ބިދޭސީންނަށް15-500ރ. ގެ ފީއެއް
މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް
އަކްރަމް ބަލިކޮށް މާލޭގެ އެމްޑީޕީގެ ރައީސްކަން ޝިފާއަށް
ވެމްކޯ އަށް މާލޭގެ ކުނި މެނޭޖެއް ނުކުރެވޭ: މުއިއްޒު
ސިނާއީ މަސައްކަތް ކުރާ ތަންތަން ބަދަލު ކުރަން ސާވޭއެއް
ހުއްދައާ އެކު ބިއްލޫރިޖެހިގޭގައި ޕާކިން ޒޯން ހަދަނީ
ގޯޅި ހަނިކަމުން ނަޝީދަށް ސެކިއުރިޓީ ދޭން އުނދަގޫ