އާ އަހަރު ފާހަގަކުރުމަށް ރާއްޖޭގައި ވެސް އެކި ކަންކަން ރާވާފައި ވާއިރު އާއިލާ އާއި ރައްޓެހިންނާއެކު ކެއުންތަކަށް ދިއުމަކީ ވެސް އެއްބަޔަކު ކުރާ ކަމެކެވެ. އެހެންވެ މާލޭގެ ކެފޭ، ރެސްޓޯރަންޓްތަކާއި މާލެ ކައިރި ރިސޯޓުތަކުގައި ވެސް ތަފާތު ކުޒީންތަކާއެކު ހާއްސަ މެނޫތައް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި މި ޕެކޭޖްތަކާ އެކު އަގުހުރި އިނާމްތައް ލިބޭ ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދެ އެވެ.
31 ޑިސެމްބަރ 2018
އާ އަހަރު ފާހަގަކުރުމަށް ރާއްޖޭގައި ވެސް އެކި ކަންކަން ރާވާފައި ވާއިރު އާއިލާ އާއި ރައްޓެހިންނާއެކު ކެއުންތަކަށް ދިއުމަކީ ވެސް އެއްބަޔަކު ކުރާ ކަމެކެވެ. އެހެންވެ މާލޭގެ ކެފޭ، ރެސްޓޯރަންޓްތަކާއި މާލެ ކައިރި ރިސޯޓުތަކުގައި ވެސް ތަފާތު ކުޒީންތަކާއެކު ހާއްސަ މެނޫތައް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި މި ޕެކޭޖްތަކާ އެކު އަގުހުރި އިނާމްތައް ލިބޭ ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދެ އެވެ.
މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓަމިނަލް މަތީގައި ހުންނަ ސީ ހައުސް އިން ވަނީ އާ އަހަރުގެ މުނާސަބަތުގައި ހާއްސަ ކެއުމެއް ތައްޔާރުކޮށްފަ އެވެ. އެގޮތުން ބޮލަކަށް 199ރ. އަށް ވުރެ ގިނައިން ޖެހޭ އިރު، މި ބުފޭ އަށް ރިޒަވޭޝަން ހަދަންޖެހޭނެ އެވެ.
ސީ ހައުސްގެ ހާއްސަ ނިއު އިޔާ ޑިނާ ބުފޭ އޮންނާނީ މިރޭ ރޭގަނޑު 7:00 އިން ފެށިގެން ދަންވަރު 12:00 އަށެވެ.
Ready to welcome 2019? lets start with
— Sea House Cafe (@SeaHouseCafe) December 29, 2018
NYE2019 Dinner Buffet from 7pm on 31st December#HNY2019 #ShareTheLove #YourLocalCafe pic.twitter.com/1gKRbSL9KU
މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓަމިނަލް ކުރިމަތީގައި މި އަހަރު އަލަށް ހުޅުވީ މާގިރި ހޮޓެލްގެ ރެސްޓޯރަންޓަކީ ހިތްގައިމު ތަނެކެވެ. މި ތަނުގައި އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިރޭ 7:00 އިން ފެށިގެން ލައިވް މީޓް ސްޓޭޝަނާއި، ގިނަ ބާވަތު ކެއުންތަކާ އެކު ބުފޭއެއް ތައްޔާރުކުރަން ވަނީ ހަމަޖެހިފަ އެވެ.
މި ބުފޭގައި ބޮލަކަށް ޖެހޭ އަގަކީ ޓެކްސް އާއި ޗާޖުތައް ނުލައި 499ރ. އެވެ. މި ބުފޭގައި ބައިވެރިވުމުން އަގުބޮޑެތި އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއްގައި ބައިވެރިވެވޭނެ އެވެ. އެގޮތުން ދެ މީހަކަށް ރިސޯޓް ދަތުރެއް، އެއް މަހުގެ ޖިމް ފީ އަދި، ދެ މީހަކަށް ކެއުމެއް ލިބޭނެ އެވެ.
ކާނިވަލުގައި މޫދު ކުރިމައްޗަށްވާ ގޮތަށް ހުންނަ ލެމަންގްރާސްއިން ހިންގާ ސިޓްރަން ރެސްޓޯރަންޓަކީ ދިވެހިންގެ މަގުބޫލު ތަނެކެވެ. އާ އަހަރާ ގުޅިގެން ސިޓްރަނުން ވަނީ ވަރަށް ގިނަ ބާވަތުގެ ކެއުންތަކާ އެކު، ބޮޑު ބުފޭއެއް ތައްޔާރުރަން ނިންމައިފަ އެވެ. އެގޮތުން، ތަފާތު 16 ބާވަތެއްގެ ސެލެޑް، މެއިން 10 ޑިޝް، ލައިވް ޕާސްތާ ސްޓޭޝަން، ލައިވް ބާބަކިއު ސްޓޭޝަން އަދި، 22 ބާވަތެއްގެ ފޮނި ކެއުންތައް ހިމެނެ އެވެ.
މި ބުފޭގެ އަގަކީ ބޮލަށް 350ރ. އެވެ. އަދި ކުޑަ ކުއްޖެއް ނަމަ 210ރ. އެވެ. މިރޭ 7:30 އިން ފެށިގެން ދަންވަރު 12 ޖަހަންދެން ކުރިޔަށްދާ މި ބުފޭގައި ބައިވެރިވުމަށް ކުރިން ބުކްކުރަން ޖެހެ އެވެ.
ޓޭސްޓް އޮފް އިޓަލީ އަކީ މިއަހަރު މާލެ، ސީ ސްޕޯޓްސް ކައިރީ ހުޅުވި އިޓަލީގެ މީރު ކެއުންތައް ލިބޭ ރެސްޓޯރަންޓެކެވެ. އެގޮތުން އާ އަހަރަށް ހާއްސަކޮށް، މިތަނުގައި ހާއްސަ މެނޫއެއް ވަނީ ތައްޔާރުކޮށްފަ އެވެ. މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ސައިނާގެ ލައިވް މިއުޒިކާއެކު މިރޭ ނިއު އިޔާ އީވް ޑީނާ އޮންނާނީ ރޭގަނޑު 8:30 އިން 11:30 އަށެވެ. އަދި މި ތަނަށް ދިއުމަށް ކުރިން ބުކް ކުރަން ޖެހެ އެވެ. މި ބުފޭގެ އަގަކީ ބޮޑު މީހަކަށް 500ރ. އަދި ކުޑަކުދިންނަށް 250ރ. އެވެ.
ޓޭސްޓް އޮފް އިޓަލީން ކުރިޔަށް ގެންދާ މި ބުފޭގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ދެ ރޭ، ދެމީހަކަށް ރެވެރީސް ޑައިވިން ވިލެޖް ސާފް އެންޑް ސްޕާގައި ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.
New Year’s Eve Dinner at @TasteofitalyMv with live music by Saina! Make bookings now ? #newyear #newyearseve #newyearsevedinner #tasteofitalymv #restaurant #gastronomy #italian #italianfood #italiancuisine #tasty #yummy #foodie #foodporn #foodgram #mvcafe #male #maldives #mv pic.twitter.com/6wdSKrGhB9
— Taste of Italy MV (@TasteofitalyMv) December 29, 2018
ރާއްޖޭގެ އެކި ރިސޯޓުތަކުގައި އާ އަހަރަށް ކުލަގަދަ ހަރަކާތްތައް ކޮންމެ އަހަރަކު ވެސް ރާވަ އެވެ. އެގޮތުން މާލެ އަތޮޅު ލަންކަންފިނޮޅުގައި ތަރައްގީކޮށްފައިވާ ޕެރެޑައިސް އައިލެންޑް ރިސޯޓަކީ ވެސް މި ލިސްޓުގައި ހިމަނާލަން މުހިންމު ތަނެކެވެ.
އާ އަހަރަށް ހާއްސަ ކުޅިވަރުތަކާއި ކެއުން ތައްޔާރުކޮށްފައިވާއިރު، މި ކަމަށް ހާއްސަ ތިން ޕެކޭޖެއް ވަނީ ތައްޔާރުކޮށްފަ އެވެ. އެގޮތުން ގާލާ ޑިނާ، ނިއު އިޔާ ޕާޓީ އަދި އެ ދެ ކަމުގައި ބައިވެރިވުމަށް ހާއްސަ ޕެކޭޖެއް ވަނީ ރާވާފަ އެވެ. މިރޭ 7:00 އިން ފެށިގެން މެންދަމު 2:30 އާ ހަމައަށް ކެއުމާއި މިއުޒިކާއި އަލިފާނުގެ ކުޅިވަރުތަކާއި ހަވާ އެރުވުމުގެ ކަންކަން ވަނީ ރާވާފަ އެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމަށް ގާލާ ޑިނާގެ އަގަކީ 98 ޑޮލަރު (1،511ރ.)، ނިއު އިޔާ ޕާޓީގައި ބައިވެރިވުމަށް 99 ޑޮލަރު (1،526ރ.) އަދި ދެ ހަރަކާތުގައި ބައިވެރިވުމަށް 155 ޑޮލަރު (2،390ރ.) އެވެ. ހަމަ އެގޮތުން 10 އަހަރަށްވުރެ ކުޑަ ކުއްޖެއް ނުވަތަ ބޮޑު ގްރޫޕެއް އެކުގައި ބުކިން ހަދާނަމަ 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. ޕެރެޑައިސް ރިސޯޓުން ވަނީ މާލެ އަދި ހުޅުމާލެއިން ޓްރާންސްފާ ވެސް ހަމަޖައްސައިފަ އެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާ ދެ ފަރާތަކަށް އަގުހުރި އިނާމުތަކެއް ދޭން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޕެރެޑައިސްގެ ވޯޓަ ވިލާއެއްގައި އެއް ހަފުތާގެ ހުރުން އަދި އެ ރިސޯޓުގެ ބީޗް ވިލާއެއްގައި އެއް ހަފުތާއެއްގެ ހުރުން ލިބެ އެވެ.
ޖީޖީސް ކެފޭ އެންޑް ބީސްޓްރޯ އަކީ ހުޅުމާލޭގައި މިއަހަރު ހުޅުވި މޮރޮކޯގެ ކެއުންތައް ލިބެން ހުންނަ ރެސްޓޯރަންޓެކެވެ. މި ރެސްޓޯރަންޓް ހުޅުވުމާއެކު ޒުވާނުންގެ ތެރޭގައި ވަނީ ވަރަށް މަގުބޫލުވެފަ އެވެ.
Get ready for the FEAST of the year! ???? #newyear2019 #finedining #moroccanfood #russianfood #healthylifestyle #taginemv #organic #nature #sustainability #hulhumale #maldives #Мальдивы #sunnysideoflife☀️ #instagood #dinner #travel ?@cinestorms pic.twitter.com/yuutSffbGF
— GG’s Kitchen & Bistro (@KitchenGg) December 30, 2018
އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ޖީޖީސް ކެފޭ އެންޑް ބީސްޓްރޯއިން ވެސް ވަނީ ހާއްސަ މެނޫއެއް ތައްޔާރުކޮށްފަ އެވެ. މޮރޮކޯގެ ކާއެއްޗެހިން ތިން ކޯސް އެކުލެވޭ ބޮޑު ކެއުމުގައި ބައިވެރިވުމަށް ކުރިޔާލާ ބުކް ކުރުމަށް އެ ރެސްޓޯރަންޓުން ވަނީ އެދިފަ އެވެ. ޖީޖީސްގައި އާ އަހަރުގެ ޑިނާ ނެގުމުގެ އަގަކީ މީހަކަށް 545ރ. އެވެ.
ލެމަންގްރާސް ރޯއްދަވީއްލުމުގެ ނަސީބުވެރިން ހޮވައިފި
އަގު ބޮޑު، އެކަމަކު ރެސްޓޯރަންޓުތައް ފުރި ބާރުވެފައި
އޯޝަން ބަބަލްސްގެ މެނޫއަށް ބްރެކްފަސްޓާއި ސޭންޑްވިޗު
ރެއިންބޯގެ ފުރަތަމަ ރެސްޓޯރަންޓް "ޕެޝިއޯ" ހުޅުވައިފި
ލަވިސްތާގައި ތައި ފުޑްގެ ރަހަ މީރުވާނެ
އެންމެ އަގު ބޮޑު ރޯދަ ވީއްލުމެއް ލިބެނީ ކޮންތާކުން؟
ޕެވިލިއަން ހިންގުން ލެމަންގްރާސް ރެސްޓޯރަންޓަށް
ޓީ ޖެޓީން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް
ޕްރޮމޯޝަނަކަށް ޓެޓޫ ޖެހުމުން އަހަރު ދުވަހު ހިލޭ ބާގަ
ރެސްޓޯރަންޓުތައް ހާސްކަމުގައި، ދަރަނި ވެސް އެހާ ބޮޑު!