ބޮލީވުޑްގެ އެކްޓަރު ކާދަރު ޚާން މަރުވެއްޖެ އެވެ.
01 ޖެނުއަރީ 2019
ބޮލީވުޑްގެ އެކްޓަރު ކާދަރު ޚާން މަރުވެއްޖެ އެވެ.
ކާދަރޭގެ ނަމުން ދިވެހިންގެ ތެރޭގައި މަޝްހޫރު އެކްޓަރު 81 އަހަރުގައި މަރުވިކަން އާއިލާއިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ މަރުވީ ކެނެޑާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.
ކާދަރޭގެ ދަރިފުޅު އަދި އެކްޓަރު ސަރަފްރާޒް ހާން ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ބުނި ގޮތުގައި ބައްޕަ މަރުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ގާތްގަނޑަކަށް 17 ވަރަކަށް ހަފުތާ ފަހުންނެވެ. ކާދަރޭ އެޑްމިޓް ކުރީ ނޭވާލާން އުނދަގޫވާން ފެށުމުންނެވެ.
އަފްޣާނިސްތާނަށް އުފަން އަދި ކެނެޑާގެ ރަށްވެހިކަން އޮންނަ ކާދަރޭ އާއި އާއިލާ މިހާރު އާންމުކޮށް ދިރިއުޅެނީ ކެނެޑާގަ އެވެ. ސަރަފްރާޒް ބުނި ގޮތުގައި ބައްޕަ މަރުވި އިރު އާއިލާގެ އެންމެން ވެސް ގާތުގައި ތިއްބެވެ. އަދި ޖަނާޒާ މިއަދު ބާއްވާނެ ކަމަށް ބުންޏެވެ.
ހިންދީ ސިނަމާގެ އެންމެ ވަރުގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ ކާދަރޭއަކީ 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ފަންނާނެކެވެ.
އެކްޓް ކުރުމުގެ އިތުރުން ކާދަރޭއަކީ ލިޔުންތެރިއެއް ވެސްމެ އެ. އޭނާ ވަރަށް ގިނަ ފިލްމުތަކުގެ ސްކްރީންޕްލޭ އާއި ޑައިލޮގް ލިޔެފައިވެ އެވެ. ކާދަރޭ ވަނީ 1973-2000 ގެ އަހަރުތަކާ ހަމައަށް ވަރަށް ހަރަކާތްތެރިކޮށް ފިލްމީ ދާއިރާގައި މަސައްކަތް ކުރި އެކްޓަރެކެވެ. ކާދަރޭ އެންމެ ބޮޑަށް އާންމުންގެ ތެރޭގައި މަގުބޫލީ ހެއްވާ މަޖާ ރޯލްތައް ކުޅެން މޮޅު އެކްޓަރެއްގެ ގޮތުގަ އެވެ. އަދި އޭނާއަކީ ވަރަށް ގިނަ ފިލްމުތަކުގައި ނުބައިބައި ރޯލް ވެސް ކުޅެފައިވާ ތަރިއެކެވެ.
ކާދަރޭ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ 2016 ގައި ރިލީޒް ކުރި "އަމަން ކޭ ފަރިޝްތޭ" އިންނެވެ. އޭނާ ފިލްމީ ދާއިރާ އަށް ނުކުތީ ޔާޝް ޗޯޕްޅާގެ 1973 ގެ "ދާގް" އިންނެވެ.
ކާދަރޭ ހޮސްޕިޓަލުގައި، ހާލު ވަރަށް ސީރިއަސް
ފަލަސްތީނު ބަލައިގަތް ގައުމުތަކަށް ރާއްޖޭގެ މަރުހަބާ
އޮސްޓްރޭލިއާ އާއި ކެނެޑާ ވެސް ފަލަސްތީނު ބަލައިގެންފި
ކެނެޑާއިން ވެސް ފަލަސްތީނު ބަލައިގަންނަނީ
ކަޕިލްގެ ކެފޭއެއް ކެނެޑާގައި ހުޅުވައިފި
ޑެމީ ލޮވާޓޯ ކެނެޑާގެ ލަވަކިޔުންތެރިޔަކާ ކައިވެނިކޮށްފި
އިޒްރޭލަށް ޔޫކޭ، ކެނެޑާ އަދި ފްރާންސުން އިންޒާރު ދީފި
ފުށުންޖެހުނު ބޯޓުގެ ކޮންމެ ފަސިންޖަރަކަށް 30،000
ޕާޓީގެ ކޯޅުމާ ހެދި ކެނެޑާގެ ބޮޑުވަޒީރު އިސްތިއުފާ ދެނީ
އިންޑިއާގެ ހޯމް މިނިސްޓަރަށް ކެނެޑާއިން ބޮޑު ތުހުމަތެއް