ޔަހޫދީންގެ އަމިއްލަ ދައުލަތެއްގެ ގޮތުގައި އިޒްރޭލު އުފެއްދުމަށް އެންމެ ބޮޑަށް އެހީވި އިނގިރޭސި ވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން މިއަދު އިއުލާނުކޮށްފައި ވާއިރު އޮސްޓްރޭލިއާ އާއި ކެނެޑާ އިން ވެސް ފަލަސްތީނު ބަލައިގެންފިކަން މިއަދު އިއުލާނުކޮށްފި އެވެ.
ޔަހޫދީންގެ އަމިއްލަ ދައުލަތެއްގެ ގޮތުގައި އިޒްރޭލު އުފެއްދުމަށް އެންމެ ބޮޑަށް އެހީވި އިނގިރޭސި ވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން މިއަދު އިއުލާނުކޮށްފައި ވާއިރު އޮސްޓްރޭލިއާ އާއި ކެނެޑާ އިން ވެސް ފަލަސްތީނު ބަލައިގެންފިކަން މިއަދު އިއުލާނުކޮށްފި އެވެ.
ގުޅިފައިވާ ބަޔާނަކުން އެ ގައުމުތަކުން މިކަން އިއުލާނުކޮށްފައި މި ވަނީ އިޒްރޭލާއި ފަލަސްތީނަކީ ވެސް މިނިވަން ދެ ދައުލަތުގެ ގޮތުގައި ސުލްހަވެރިކަމާ އެކު އުޅެވޭނެ އެއްބަސްވުމަކަށް ދިއުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.
"ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ ފަލަސްތީނާއި އިޒްރޭލަށް ސުލްހަވެރި ކުރިމަގެއް ހޯދައިދިނުމުގެ ވައުދު ފުއްދުމުގައި ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުށަހަޅަން،" ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މި ގައުމުތަކުގެ ޚާރިޖީ ސިޔާސަތަށް ގެނައި މި ތާރީހީ ބޮޑު ބަދަލު އިއުލާނުކޮށްފައި މި ވަނީ ހޯމަ ދުވަހު އދ.ގެ އާންމު މަޖިލިސް ފެށުމުގެ ކުރިން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރާނެ ކަމަށް ކުރިން ވެސް ބުނުމަށް ފަހުގަ އެވެ.
ޖީ7 ގެ ގައުމުތަކުގެ ތެރެއިން ފަލަސްތީނުގެ ދައުލަތް އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކަކީ އިނގިރޭސިވިލާތާއި ކެނެޑާ ކަމަށްވާއިރު، އދ.ގެ އަހަރީ އާންމު މަޖިލީހުގައި ފްރާންސާއި އެހެން ބައެއް ގައުމުތަކުން ވެސް މި ގޮތަށް އަމަލު ކުރާނެ ކަމަށް ބެލެވެ އެވެ.
އޮސްޓްރޭލިއާ އިން ވެސް ކުރިން އިއުލާނުކޮށްފައިވާ ގޮތަށް މިއަދު ފަލަސްތީނުގެ ދައުލަތް ބަލައިގެންފައި ވާއިރު ޕޯޗުގަލް އިން ވެސް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމިކަން އިއުލާނުކޮށްފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އަނިޔާވެރި ހަމަލާތައް ދީ 65،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް މުޅި ސިޓީ ބިމާ ހަމަކޮށްފައި ވާއިރު މިއީ އަމިއްލަ ދައުލަތެއްގެ އުންމީދުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެކަމަކު އަނެއްކޮޅުން، އިޒްރޭލާއި އިޒްރޭލުގެ އެކުވެރި އެމެރިކާއިން ދަނީ މި ނިންމުމުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ. އަދި އިޒްރޭލުން ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ހުރަސްއެޅޭ ގޮތަށް ހުޅަނގު އައްސޭރިން ބިންތައް ހިފައި ޔަހޫދީން އާބާދުކުރުން އިތުރުކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
އިޒްރޭލުން ބުނަމުންދަނީ މިއީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގެ ބަދަލުގައި ހަމާސް އިން އިނާމު ދިނުން ކަމުގައި ސިފަކުރަމުންނެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ. އދ.ގެ އާންމު މަޖިލީހުގައި އަދިވެސް އިތުރު ގައުމުތަކުން ފަލަސްތީނު ބަލައިގަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ފަލަސްތީނު ބަލައިގަތް ގައުމުތަކަށް ރާއްޖޭގެ މަރުހަބާ
އޮސްޓްރޭލިއާ ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ
ކެނެޑާއިން ވެސް ފަލަސްތީނު ބަލައިގަންނަނީ
އިޒްރޭލަށް ޔޫކޭ، ކެނެޑާ އަދި ފްރާންސުން އިންޒާރު ދީފި
"ހުޅަނގު ގުދުސަކީ އިޒްރޭލުގެ ވެރިރަށެއް ނޫން"
ހަމާސްއާ ދެކޮޅު ގޭންގު ލީޑަރު މަރާލައިފި: ރިޕޯޓް
އިޒްރޭލާއި ހަމާސް އެއްބަސްވުމުން ކުރިއަށްދާނެ: ގަތަރު
އިޒްރޭލުގެ އިސް ޖެނެރަލުންތަކެއް މަގާމުން ވަކިކޮށްފި
އިޒްރޭލުން ޣައްޒާގައި 27 މީހަކު ޝަހީދުކޮށްލައިފި
ޓްރަމްޕްގެ ޣައްޒާގެ ޕްލޭން ފާސްވުމުން އިޒްރޭލު އުފަލުން