Roadha Mihaaru
ނޭވާ ޓެސްޓުކޮށްގެން ކެންސަރު ދެނެގަނެވޭތޯ ބަލަނީ

ނޭވާ ޓެސްޓުކޮށްގެން ކެންސަރު ދެނެގަނެވޭތޯ ބަލަނީ

05 ޖެނުއަރީ 2019

ކެންސަރުގެ އެއްވެސް ބާވަތެއްގެ އަލާމާތެއް ހުރިކަން ލާ ނޭވާ އިން ދެނެގަނެވިދާނެތޯ ބެލުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ކެންސާ ރިސާޗުން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެންސަރުގެ އެއްވެސް ބާވަތެއްގެ އަލާމާތެއް ހުރިކަން ލާ ނޭވާ އިން ދެނެގަނެވިދާނެތޯ ބެލުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ކެންސާ ރިސާޗުން ފަށައިފި އެވެ.

މި ކްލިނިކަލް ޓްރައަލް ދިރާސާ އަށް ވަނީ ކެންސަރު ބަލި ޖެހިފައިވާ މީހުންނާއި އެ ބަލި ނެތް 1،500 މީހެއްގެ ނޭވާގެ ސާމްޕަލް ނަގައިފަ އެވެ.

ދިރާސާ ޓީމުން ބުނި ގޮތުގައި އެ މީހުންގެ ނޭވާގެ މޮލެކިއުސްތައް ދިރާސާކޮށްގެން، ކެންސަރަށް ހުށަހެޅިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ހުރިކަން އޭގެ ޒަރީއާ އިން ދެނެގަނެވިއްޖެ ނަމަ، މިކަން ވެގެން ދާނީކެންސަރު ހުރިތޯ ބެލުމަށް ކުރެވޭނެ ފަސޭހަ އަދި ހަރަދު ކުޑަ ޓެސްޓަކަށެވެ.

ހަމަމިއާ އެކު މި ދިރާސާގެ އަލީގައި، ލެ އާއި ކުޑަކަމުދާ ތަކެތި ޓެސްޓްކޮށްގެން ވެސް ކެންސަރަށް ޓެސްޓުކުރެވޭނެ ކަމަށް ބުންޏެވެ. ނަމަވެސް މި ދިރާސާ އިން ނަތީޖާއަކާ ހަމައަށް ދާން ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ކެންސާ ރިސާޗް ޔޫކޭ އިން ބުންޏެވެ.

އެތަނުން ބުނި ގޮތުގައި މައިގަނޑު އަމާޒަކީ ލާ ނޭވާ އިން ކެންސަރުގެ އެއްވެސް ބާވަތަކަށް މީހާ ހުށަހެޅިފައިވޭތޯ ދެނެގަތުމެވެ.