ޖެނުއަރީ މަހުގެ ފުރަތަމަ ފަސް ދުވަހު ސަރުކާރުން ހޭދަކުރީ އެންމެ 4000ރ. ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
08 ޖެނުއަރީ 2019
ޖެނުއަރީ މަހުގެ ފުރަތަމަ ފަސް ދުވަހު ސަރުކާރުން ހޭދަކުރީ އެންމެ 4000ރ. ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއް ފަހަރު ނެރޭ މާލީ ރިޕޯޓުގައިވާ ގޮތުން، ޖެނުއަރީ މަހުގެ ފުރަތަމަ ފަސް ދުވަހު ހޭދަކޮށްފައިވަނީ 4،013ރ. އެވެ.
މިދިޔަ ހަފްތާގައި ސަރުކާރު މަސައްކަތްކުރީ ދެ ދުވަހު އެވެ. އަނެއް ތިން ދުވަހަކީ ބަންދު ދުވަސްތަކެވެ.
މި އަހަރުގެ ފުރަތަމަ ހަފްތާގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހޯމް މިނިސްޓްރީންނެވެ. އެއީ 2،600ރ. އެވެ. ހެލްތު މިނިސްޓްރީން ހޭދަކޮށްފައިވަނީ 1،243ރ. އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އިން 95ރ. ހޭދަކޮށްފައިވާ އިރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހޭދަައަކީ 75ރ. އެވެ.
މި އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުގެ އެހެން އެއްވެސް އިދާރާއަކުން ހަރަދެއް ކޮށްފައެއް ނުވެ އެވެ. ދައުލަތުގެ ބަޖެޓުންހަރަދުތައް މެނޭޖުކުރާ 52 އިދާރާ ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަހަރު ފެށޭ ދުވަސްވަރު އާންމު ގޮތެއްގައި ވެސް ސަރުކާރުން މާ ބޮޑު ހޭދައެއް ނުކުރާ ކަމަށެވެ. އެންމެ ބޮޑެތި ހަރަދުތައް ކުރެވޭނީ، އަހަރު ނިމޭ ހިސާބުގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އާ ސަރުކާރުގެ ފުރަތަމަ އަހަރު ފެށުނު އިރު މި އަހަރުގެ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ. އޭގެ ތެެރެއިން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނީ 23.2 ބިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައިވެ އެވެ. އެކަމަކު ހަރަދު އުޅޭނީ، ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ނަމަ 27 ބިލިއަން ރުފިޔާގަ އެވެ.
ހަރަދު ދަށްވެ، އާމްދަނީ މަތިވުމުމުގެ އަސަރު ޑެފިސިޓަށް
އަމާޒަކީ ވިލުންތެރި އިގުތިސާދެއް ބިނާކުރުން: ޒަމީރު
2026ގައި އިގުތިސާދީ ދުވެލި 5.3ޕަސެންޓް ކުރިއަރާނެ
ދައުލަތުގެ އާމްދަނީ އިތުރުވެ، 30 ބިލިއަނަށް
ދައުލަތުގެ ޖުމްލަ ހޭދަ 15 ޕަސެންޓު ކުޑަވެއްޖެ
ސަބްސިޑީއަށް ކުރި ހޭދަ 650 މިލިއަނުން ކުޑަކޮށްފި
ދައުލަތުގެ ބަޖެޓު އަރަނީގައި ހިފަހައްޓާތާ ހަތް މަސް
އިންވެސްޓްމެންޓްތަކަށް ސަރުކާރުން އެއް ބިލިއަން ރުފިޔާ
5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!
ހަރަދު 23 ޕަސެންޓު ދަށް، އާމްދަނީ 6 ޕަސެންޓު އިތުރު