08 ޖެނުއަރީ 2019
ރާއްޖޭގެ މިއާންޒް އިންޓަނޭޝަނަލް (އެމްއައި) ކޮލެޖުގައި މެލޭޝިޔާގެ ޔުނިވާސިޓީ ޓުން ހުން އޮން މެލޭޝިޔާ (ޔޫޓީއެޗްއެމް )ގެ ކޯސްތައް ފަށަން މިއަދު އެއްބަސްވެއްޖެ އެވެ.
ރާއްޖޭގެ މިއާންޒް އިންޓަނޭޝަނަލް (އެމްއައި) ކޮލެޖުގައި މެލޭޝިޔާގެ ޔުނިވާސިޓީ ޓުން ހުން އޮން މެލޭޝިޔާ (ޔޫޓީއެޗްއެމް )ގެ ކޯސްތައް ފަށަން މިއަދު އެއްބަސްވެއްޖެ އެވެ.
މި އެއްބަސްވުމުގައި އެމްއައި ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަހުމަދު މޮޓަކީ އެވެ. އަދި ޔޫޓީއެޗްއެމްގެ ފަރާތުން ވައިސް ޗާންސެލަރު ޑރ. ވަހީދު ބިން ރައްޒަލީ އެވެ.
އެމްއައި ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫޓީއެޗްއެމްގެ ވައިސް ޗާންސެލަރު ވިދާޅުވީ ތައުލީމީ މިފަދަ އެއްބަސްވުމެއް ހަދާއިރު، އެ ތަނެއްގެ ކިޔެވުމާއި ތަމްރީނުގެ ފެންވަރު ބަލާ ކަމަށެވެ.
"މިއާންޒް އިންޓަނޭޝަނަލްގައި އަޅުގަނޑުމެން ބަލާ ހުރިހާ ސިފަތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުމާ އެކު ޔޫއެޗްޓީއެމްގެ ކޯސްތައް އެމްއައި ކޮލެޖުގައި ކުރިއަށް އޮތް ފަސް އަހަރު ކިޔަވައި ދޭނެ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ ތިން އަހަރުން ފުރިހަމަ ކުރެވޭ ބެޗެލާސް އޮފް ވޮކޭޝަނަލް އެޑިއުކޭޝަން އިން މަލްޓިމީޑިއާ ކްރިއޭޓިވް ކޯހެވެ. މި ކޯހުގެ ފުރަތަމަ ބެޗުގައި 30 އާއި 50 ދަރިވަރުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
އެމްއައި ކޮލެޖުގެ ރެކްޓަރު ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހުއްދަ ލިބުމާ އެކު ކޯހަށް ކުދިން ނަގަން ފަށާނެ ކަމަށެވެ.
"އަދި އެންމެ ކޯހެއް މިހާރު ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގަައި އިރާދަކުރެއްވިއްޔާ މިތަނުން ޔޫޓީއެޗްއެމްގެ އިތުރު ކޯސްތައް ފަށާނަން،" ލަމްޔާ ވިދާޅުވި އެވެ.
މައި ކޮލެޖުން ވޮކޭޝަނަލް ޕްރޮގްރާމްތައް ފަށަނީ
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
މައި ކޮލެޖުން ހާހެއްހާ ދަރިވަރުން ދަސްވެނިވެއްޖެ
މެލޭޝިޔާ ސަރުކާރުން ދޭ 250 ސްކޮލަޝިޕަށް ހުޅުވާލައިފި
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
މަތީ ތައުލީމަށް 700 އެއްހާ މިލިއަން ރުފިޔާ
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި