Roadha Mihaaru
މައި ކޮލެޖުން ހާހެއްހާ ދަރިވަރުން ދަސްވެނިވެއްޖެ

މައި ކޮލެޖުން 1000 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

31 އޯގަސްޓް 2019

މައި ކޮލެޖުގައި ހިންގާ އެކި ފެންވަރުގެ ކޯސްތަކުން 1000 އަށް ވުރެ ގިނަ ދަރިވަރުން އިއްޔެ ދަސްވެނިވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މައި ކޮލެޖުގައި ހިންގާ އެކި ފެންވަރުގެ ކޯސްތަކުން 1000 އަށް ވުރެ ގިނަ ދަރިވަރުން އިއްޔެ ދަސްވެނިވެއްޖެ އެވެ.

ގިޔާސުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެތަނުގައި ހިންގާ ސެޓްފިކެޓް، ޑިޕްލޮމާ، ޑިގްރީ އާއި އެސޯސިއޭޓް ޑިގްރީ އަދި މާސްޓާސް ޑިގްރީ ކޯސްތަކުން ޖުމްލަ 1088 ދަރިވަރުން ފާސްވެ، ސެޓްފިކެޓް ހޯދި އެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިޔައީ ހަވީރު ދަންފަޅިއަކަށާއި ރޭގަނޑު ދަންފަޅިއަކަށް ބަހާލައިގެނެވެ.

މައި ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަހުމަދު އިކްލީލް/ މައި ކޮލެޖު

މައި ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަހުމަދު އިކްލީލް/ މައި ކޮލެޖު

މައި ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލް ހާލީ މި ރަސްމިއްޔާތުގައި ވިދާޅުވީ އެ ކޮލެޖުން ހޯދާ ކާމިޔާބީތަކަކީ އެތަނުގެ ޗެއާމަން އަހްމަދު މުއްތަކީގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެ ކޮލެޖުގެ ލޯގޯ ރާއްޖޭގެ އެކި އަތޮޅުތަކުން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަމްޔާ ވަނީ މައި ކޮލެޖްގެ ކެމްޕަހެއް ނޭޕާލުގައި ހުޅުވަން ވިސްނަވާކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ރަސްމިއްޔާތަށް ވަޑައިގަތް ނޭޕާލުގެ ކުރީގެ ބޮޑުވަޒީރު މާދަވް ކުމާރުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައި ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކަށް ވަޑައިގަތް ނޭޕާލްގެ ކުރީގެ ބޮޑު ވަޒީރު މާދަވް ކުމާރު ނޭޕަލް (ވ) ސްޓޭޖަށް އަރާވަޑައިގަންނަވީ -- ފޮޓޯ: އަހުމަދު އިކްލީލް/ މައި ކޮލެޖު

މައި ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކަށް ވަޑައިގަތް ނޭޕާލްގެ ކުރީގެ ބޮޑު ވަޒީރު މާދަވް ކުމާރު ނޭޕަލް (ވ) ސްޓޭޖަށް އަރާވަޑައިގަންނަވީ -- ފޮޓޯ: އަހުމަދު އިކްލީލް/ މައި ކޮލެޖު

މީގެ 14 އަހަރު ކުރިން ފެށި މައި ކޮލެޖުން ކިޔަވާ ކުދިންގެ އަދަދު އަހަރަކުން އަހަރަކަށް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ހަތަރު އަހަރު 4،000 އަށް ވުރެ ގިނަ ދަރިވަރުން އެ ކޮލެޖުން ދަސްވެނިވެފައި ވެ އެވެ.

މައި ކޮލެޖުގެ ޗެއާމަން މުއްތަކީ ވިދާޅުވީ އެ ކޮލެޖަަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. ނަމަވެސް ވީހާވެސް ގިނަ ދިވެހިންނަށް މަތީ ތައުލީމު ފޯރުކޮށްދޭން އެތަނުން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މައި ކޮލެޖުގެ 19 ގޮފި ހުރެ އެވެ. އަދި ގިނަ ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސަން އެތަނުން ވަނީ 19 ޕްރޮގްރާމެއް އޮންލައިން މޯޑުގައި ހިންގަން ފަށައިފަ އެވެ.