Roadha Mihaaru
ގާސިމް، ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލައިފި

މަޖިލިހުގެ އިންތިޚާބާ ގުޅުވައިގެން ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ގާސިމްގެ ހޫނު ރައްދެއް!

15 ޖެނުއަރީ 2019

އަންނަ އޭޕްރީލް މަހު އިންތިޚާބު ކުރާ ރައްޔިތުން މަޖިލީހުން ފުރުސަތު ދޭން ޖެހޭނެ ބޭފުޅުންގެ ޝަރުތު އަދި އެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ އޭޕްރީލް މަހު އިންތިޚާބު ކުރާ ރައްޔިތުން މަޖިލީހުން ފުރުސަތު ދޭން ޖެހޭނެ ބޭފުޅުންގެ ޝަރުތު އަދި އެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އަންނަ ހުކުރު ދުވަހު ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ކެމްޕެއިން ހަރަކާތްތަކުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ގެންދަވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ނުލިބިއްޖެ ނަމަ މި ސަރުކާރުގެ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި މަޖިލީހުގެ ތެރެއިން ވިޔަފާރިކުރަން އުޅުއްވާ ބޭފުޅުންނަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ތަކުރާރުކޮށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނާ އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް މިރޭ ބޭއްވި ހަފްލާގައި، ނަޝީދުގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ނަޝީދުގެ ވާހަކަފުޅުތައް ހަމަނުޖެހޭ ކަމަށެވެ. އަދި ނަޝީދުގެ ވާހަކަފުޅުތަކާ ދެކޮޅަށް ތަންދޮރު ދަންނަ ބޭފުޅުން ވާހަކަ ދައްކަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ގާސިމްގެ ވާހަކަފުޅުގެ އެއްވެސް ހިސާބަކުން ނަޝީދުގެ ނަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އެމްޑީޕީގެ ނަން ވިދާޅުވެ އެވެ.

ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް ނަވާޒް، ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރެއްވުމަށް ފަހު އޭނާގެ ފޯމު އެ ޕާޓީގެ ލީޑަރު ގާސިމާ ހަވާލު ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް ނަވާޒް، ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރެއްވުމަށް ފަހު އޭނާގެ ފޯމު އެ ޕާޓީގެ ލީޑަރު ގާސިމާ ހަވާލު ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ގާސިމް ވިދާޅުވީ، ނަޝީދަށް 2008 ގައި ވެރިކަން ލިބިވަޑައިގަތުމުން ކަންކަން ކުރެއްވި ގޮތް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ފަހަރު ކަމެއް ރަނގަޅަށް ކުރެވުނު ނަމަ އެކަމުގެ 50 ޕަސެންޓް ހިއްސާ ވަނީ ޖުމްހޫރީ ޕާޓީ ކަމަށެވެ. އެހެންވެ، އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބޭ ނަމަ ގައުމެއް ނޯންނާނެ ކަމަށް ވިދާޅުވުން އެއީ ވަރަށް ހައިރާންވާ ވާހަކަފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް އޮޅުވާލަން، ވަކި ޕާޓީ އަކަށް މެޖޯރިޓީ ނުލިބުނިއްޔާ، އާދެ އެމްޑީޕީ އަށް މެޖޯރިޓީ ނުލިބުނިއްޔާ މި ސަރުކާރެއް ނޯންނާނެއޭ. އެވެނި ކަމެއް ނުކުރެވޭނެއޭ. މިވެނި ކަމެއް ނުކުރެވޭނެއޭ. މި ދައްކަނީ ކޮން ވާހަކައެއްތޯ؟،" ހިތްޕުޅު ހަމަނުޖެހިވަޑައިގެން ހުންނަވައި ގާސިމް ވިދާޅުވި އެވެ.

Agulabiyyathaa eku Raees vaudhuthah fudhavai dhevvaane: Nasheed

Agulabiyyathaa eku Raees vaudhuthah fudhavai dhevvaane: Nasheed

The most trusted news source in the Maldives

Mihaaru

އެމްޑީޕީއަށް މެޖޯރިޓީ ލިބެން ޖެހޭކަމަށް ނަޝީދު ވިދާޅުވުން--

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިއްތިހާދަކުން ވެރިކަމަށް އައި ޕާޓީތަކެއްގެ ތެރެއިން، ވަކި ޕާޓީ އަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެން ޖެހޭ ކަމަށް ބުނުމަކީ އަމިއްލަ އެދުން އިންތިހާ ދަރަޖަ އަށް ބޮޑުވުމެވެ. އަދި ގާސިމް ވިދާޅުވީ، މިހާރު ހިނގަނީ ކޯލިޝަން ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާތީ އެ ކަމަށް "ސެލިއުޓް" ކުރައްވާ ކަމަށެވެ. އެހެންވެ، އަދުލުވެރިކަމާ އެކު ކަންކަން ކުރައްވާހާ ހިނދަކު ރައީސްގެ އަރިހުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މަނިކުފާނު ވަރަށް ސާބިތުކަމާ އެކު ކެރިވަޑައިގެން ހުންނަވާށޭ. އަޅުގަނޑުމެން މިތިބީ މަނިކުފާނާ އެކުގައި. ކޯލިޝަން އޮތީ މަނިކުފާނާ އެކީގައި. ވަކި މީހަކު އެހެންނޭ، މިހެންނޭ ދެންނެވިޔަސް އަދި ކުލަވަރު ދެއްކިޔަސް ފިކުރު ބޮޑު ނުކުރައްވާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިތްވަރު ދެއްވައި އެކަމަކު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ މެދު ވަރަށަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ މޭރުމެއްގައި ގާސިމް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ތިބީކީ އެންމެ މީހަކު ދައްކާ ވާހަކަ އަޑުއަހައިގެން، އެންމެ މީހަކު ޖަހާހާ ބެރަކަށް ޑާންސް ކުރާކަށް ނޫންކަން. ނަށާކަށް ވެސް ނޫން. އަދި ފާޑުފާޑު އެއްޖެހި ހިފައިގެން ގޯޅިގޯޅި އަށް ބިއްޖެހޭކަށް ވެސް ނޫން."

ގާސިމް ވިދާޅުވީ، ގާނޫނާ ހިލާފަށް ކަންކަން ކުރާ ނަމަ ޖުމްހޫރީ ޕާޓީން އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި އޭގެ ނަތީޖާ މިހާތަނަށް އޮންނާނީ ފެންނަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދެން ވެސް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށާއި އެއްވެސް ބޭފުޅަކު "ހުވަފެން ފެނިގެން ނޫޅުއްވުމަށް" ގާސިމް އެދިވަޑައިގަތެވެ.

މިރޭގެ ހަފްލާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭގެ ހަފްލާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ހިޔާލީ ފޮލާއެއް ކައްކަމުން ދާ މީހަކަށް ކަމެއް ނުކުރެވޭނެ ކަން މުޅި ދުނިޔެ ދަނޭ. މި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެސް އެނގޭ،" ޖޯޝާއި ފޯރީގައި ގާސިމް ވިދާޅުވި އެވެ.

ފައިސާވެރިންނާއި މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާތީ އެ އަށް ރައްދު ދެއްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަދި އެންމެ ގިނަ ހޭދަކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ފުއްދަން ޖެހުމުން މަހުޖަނުގެ ބޭނުން ޖެހޭ ކަމަށެވެ. އެހެން ކަމުން ޒިންމާއެއް، ސަބަބެއް ނެތި ކަމެއް ނުހިނގާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދާއި އެމްޑީޕީ އަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވިލާ ކުންފުންޏާއި އެހެން ވިޔަފާރިތައް ވެސް މިހާރު "އެ ބަޔަކަށް ގޯސްވެފައިވާ" ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ޚިދުމަތުގައި ތިބި މީހުންނަށް ފާޑުކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"ހަމަ އައިސް ކަމެއް ޖެހުނީމާ ހޯހޯ... ބަލަ މި ގައުމުގައި އެއްވެސް ތަކުލީފެއް، އެއްވެސް ކަހަލަ ޒިންމާއެއް އަދާކުރަން ނުޖެހޭ. ދަރިން ލިބިފައި އެ ކުދިންގެ ކަންކަން ވެސް ކޮށްދޭން ނުޖެހޭ މީހުންނަށް ތޯ މި ގައުމުގެ ޒިންމާ ހަވާލު ކުރަން ޖެހެނީ،" ޖުމްހޫރީ ޕާޓީގެ އޮފީސް އަދި ޖަގަހަ ހިންގާ މ. ކުނޫޒްގައި ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވި އެވެ.

"މަހުޖަނުންނޭ. ވިޔަފާރިވެރިންނޭ. އޭއްޗެކޭ މީއްޗެކޭ. ރައްޔިތުންގެ މަޖިލީހަކީ މަގުމަތީ ކުނިކަހަން އޮންނަ ތަނެއް ދޮރެއް ނުދަންނަ ގާނޫނީ ހައިސިއްޔަތެއް ނެތް، ޒިންމާއެއް މަސްއޫލިޔަތެއް ނެތް މީހަކުތޯއޭ އެ ތަނަށް ވަންނަން ޖެހޭނީ. މީހަކު ބުނީމަ ބަޓަނަށް އޮބާ މީހަކު ތޯ އެތަނަށް ވަންނަން ޖެހޭނީ؟ ނޫން."

ކިތަންމެ ރަނގަޅު ގާނޫނުއަސާސީ އަކާއި ގަވައިދުތަކެއް ހުރި ނަމަވެސް ގައުމުގެ ހަމަޖެހުން ގުޅިފައި ވަނީ އެ ގައުމެއްގެ ވެރިމީހާއާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދެން ފެށީ މަޖިލިސް އިންތިޚާބުގައި ވަކިން ވާދަ ކުރަން އެމްޑީޕީން ނިންމުމެވެ. ކޯލިޝަން ޕާޓީތަކުން ބުނަނީ ވެރިކަމަށް ކުރިމަތިލުމަށް ހެދި އެއްބަސްވުމުގައި މަޖިލިސް އިންތިހާބުގައި ވެސް އެކުގައި ވާދަ ކުރަން އެއްބަސްވެފައިވާ ކަމަށެވެ.