އަދާލަތު ޕާޓީގެ އަމާޒަކީ އެ ޕާޓީ ބައިވެރިވާ ކޯލިޝަން ދަމަހައްޓައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
19 ޖެނުއަރީ 2019
އަދާލަތު ޕާޓީގެ އަމާޒަކީ އެ ޕާޓީ ބައިވެރިވާ ކޯލިޝަން ދަމަހައްޓައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެ ޕާޓީން މިއަދު އެހެން ބުނެފައިވަނީ އެމްޑީޕީ ފިޔަވާ އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރޭ ވިދާޅުވެފައިިވަނިކޮށެވެ. ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާ ދެމެދު ހިޔާލުތަފާތުވުން އުފެދުނީ އެމްޑީޕީން ވަކިން މަޖިލީހަށް ވާދަ ކުރަން ނިންމި ހިސާބުންނެވެ.
އަދާލަތު ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށް، ގައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އެ ޕާޓީގެ ވިސްނުން ކަމަށެވެ.
އަދާލަތު ޕާޓީ ބައިވެރިވާ ކޯލިޝަންގެ ވެރިކަން ދަމަހައްޓާ،ސަރުކާރަށް އަޣްލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިޚާބުކުރުމަކީ އަދާލަތު ޕާޓީގެ މުހިންމު އަމާޒެއް.ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ޤައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އަދާލަތު ޕާޓިގެ އަބަދުވެސް ވިސްނުން.
— Adhaalath Party (@AdhaalathOffice) January 19, 2019
އަދާލަތުން މިއަދު ކުރި ޓްވީޓް--
ކޯލިޝަންގެ ލީޑަރެއްކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިއަދު ވަނީ ޕާޓީއަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ކޯލިޝަން ރޫޅުނަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކޯލިޝަންގެ ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ބޮޑު ކަމަށް މައުމޫން ވިދާޅުވި އެވެ.
ގާސިމް ރޭ ވިދާޅުވެފައިވަނީ ކޯލިޝަންގައި ހިމެނޭ ޖޮއިންޓް ޕާލިމެންޓް ގްރޫޕް އުވާލާނެ ކަމަށް އެމްޑީޕީން ބުންޏަސް ހައިރާންނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ނިންމުމަކީ އެއްބަސްވުމާއި އަހުދަށް ވެސް ހިލާފު ވުމެވެ.
Majilis inthihaabugai MDP in bodu baeh hoadhan jehe: Raees
The most trusted news source in the Maldives
Mihaaru
އެމްޑީޕީއަށް ބޮޑުބައެއް ލިބެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވުން--
ގުޅިފައިވާ ކޯލިޝަނަކުން ނުކުމެ، އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރު ބަލިކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރި ނަމަވެސް އެމްޑީޕީން މިހާރު އެއްބަސްވުމަށް އަމަލު ނުކުރާކަމަށް ކޯލިޝަންގެ އެހެން ބައިވެރިން ބުނެ އެވެ. ރައްޔިތުންގެ މަޖިލިހަށް ވެސް ކުރިމަތިލާން އެއްބަސްވެފައި އޮތީ، ޕާޓީގެ ނިސްބަތުން ބަހާލައިގެންނެވެ. އެކަމަކު އެމްޑީޕީން އިއްޔެ ޕްރައިމަރީ ބޭއްވީ ހުރިހާ ދާއިރާއަކަށް ވާދަކުރާ ގޮތަށެވެ.
ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ރޭ ބޭއްވި އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އެމޭރުމުން ވާހަކަފުޅު ދައްކަވައިފަ އެވެ.
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
ގާސިމް، ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލައިފި
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
މަޖިލީހުގައި ތިބެންވީ "މިލިއަނަރުން": ގާސިމް
އެއްވެސް ޕާޓީއަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން: ރައީސް