16 ޖެނުއަރީ 2019
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮޑިޓަކުން ފެންމަތިވި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮޑިޓަކުން ފެންމަތިވި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ޑީޖޭއޭ އިން އޭސީސީއަށް ފޮނުވީ އެ ޑިޕާޓްމެންޓުން ދާދިފަހުން ކުރި އޮޑިޓަކުން ފެންމަތިވި 2016 ގެ ދެ މައްސަލަ އެކެވެ. އެކަމަކު އެ މައްސަލަ ޑީޖޭއޭ އިން ފޮނުވީ ވަކި ބަޔަކަށް ތުހުމަތު ކޮށްފައެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި އޭސީސީ އަށް ފޮނުވީ ސިވިލް ކޯޓުގެ ޑިވިޝަނެއް ހުޅުމާލޭގައި ހެދުމަށް ޑީޖޭއޭ އިން ބަޔަކާ ހަވާލުކޮށް ކުރި މުއާމަލާތްތަކެއްގެ މައްސަލަ އާއި ހައި ކޯޓުގެ ނަމުގައި ޑީޖޭއޭ އިން ހޯދާފައިވާ ޓްރެޑްމިލްއެއްގެ މައްސަލަ އެކެވެ.
އެގޮތުން ސިވިލް ކޯޓުގެ ޑިވިޝަނެއް ހުޅުމާލޭގައި ހެދުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރީ އެ މަސައްކަތަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދިނުމުގެ ކުރިން ކަން އެ އޮޑިޓުން ފާހަގަވި ކަމަށް އެނގިފައިވެ އެވެ. އަދި އެ މަސައްކަތް ހަވާލު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް ފައިސާތަކެއް ދޫކުރި ކަން ފާހަގަވެ، އޭސީސީއަށް ހުށަހެޅި މައްސަލާގައި އެކަން ފާހަގަ ކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
ކަސްރަތު ކުރަން ބޭނުންކުރާ ޓްރެޑްމިލްއެއް ޑީޖޭއޭ އިން ހޯދީ ހައި ކޯޓުގެ ބޭނުމަކަށް ކަމަށް ޑީޖޭއޭ އަށް އޭރު އަންގާފައި އޮތަސް، އެ އޮޑިޓުން އެނގުނު ގޮތުގައި އެފަދަ ގޮތަކަށް ހައި ކޯޓުން އެދިފައެއް ނުވެ އެވެ. އަދި އެ ޓްރެޑްމިލް ހައި ކޯޓަށް ލިބިފައެއް ވެސް ނުވެ އެވެ. އަދި އެ އޮޑިޓްގައި ބެލި ބެލުމުން، އެ ޓްރެޑްމިލް ފެނުނީ ސުޕްރީމް ކޯޓުގައި ހުއްޓާ ކަމަށް ވަނީ އެނގިފަ އެވެ.
ޑީޖޭއޭއަކީ ކޯޓުތަކާ ބެހޭ އިދާރީ ހުރިހާ ކަމެއް ބަލަހައްޓާ ޑިޕާޓްމެންޓެވެ. އެ ޑިޕާޓްމެންޓް ހިންގަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ.
ޕީއެސްއެމުން 22 މިލިއަން ހޯދަން 6 ކުންފުނިން ކޯޓަށް
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ހައިކޯޓް އެސިސްޓެންޓް ރެޖިސްޓްރާގެ މައްސަލަ އޭސީީސީ އަށް
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!
ސިޔާސީ ގޮތުން ރައީސް ޔާމީން މަގުމަތިވަނީ!
ލުތުފީ އަށް ފާޑުކިޔުން: "އިސްތިއުފާ ދީ"
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީ އާއި ހޮންކޮންގެ އައިސީއޭސީ ދެމެދު އެއްބަސްވުމެއް
ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވި