ފޯސީޒަން ކުޑަހުރާ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުން މަނާކޮށްފައިވާއިރު އިންޑިއާ މުވައްޒަފަކަށް އެކަމަށް ހުއްދަދިން މައްސަލަ މިއަދު ހޫނުވެއްޖެ އެވެ.
17 ޖެނުއަރީ 2019
ފޯސީޒަން ކުޑަހުރާ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުން މަނާކޮށްފައިވާއިރު އިންޑިއާ މުވައްޒަފަކަށް އެކަމަށް ހުއްދަދިން މައްސަލަ މިއަދު ހޫނުވެއްޖެ އެވެ.
އެ ރިސޯޓްގެ ގަވައިދު ބުނާގޮތުން ހުރިހާ މުވައްޒަފުން ތިބެން ޖެހޭނީ މަތިމަހާއި ތުނބުޅި ބާލައިގެންނެވެ. އެ ހުއްދަ އެއްވެސް ގައުމެއްގެ އަދި ވަކި ދީނެއްގެ މީހަކަށް ވެސް އެ ރިސޯޓުން ނުދެ އެވެ.
ރިސޯޓް މުވައްޒަފުން ބުނާގޮތުގައި އިންޑިއާ އަށް ނިސްބަތްވާ ޕަންޖާބީ މީހަކު މިއަދު އެ ރިސޯޓްގެ ކައްކާއެއްގެ ވަޒީފާއަށް ނުކުތީ ތުނބުޅި އާއި މަތިމަސް ދިގުކޮށްގެން ހުރެ އެވެ. ދިވެހިންނަށް އެފުރުސަތު ނުދީ އިންޑިއާ މީހަކަށް ފުރުސަތު ދިން މައްސަލަ މިހާރު ވަނީ ބޮޑުވެފަ އެވެ.
އެކަމާ ގުޅިގެން އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި 30 މުވައްޒަފުން އެޗްއާރު މެނޭޖަރާ ވަނީ ބައްދަލުކޮށްފަ އެވެ. އެ ރިސޯޓުގެ މުވައްޒަފަކު ނަން ނުޖަހަން ޝަރުތުކޮށް ބުނީ އެޗްއާރުން އަންގާފައިވަނީ އިންޑިއާ މީހާއަށް އެ ހުއްދަ އޮތް ނަމަވެސް ދިވެހިންނަށް އެ ހުއްދަ ނުލިބޭނެ ކަމަށެވެ. އެޗްއާރު މެނޭޖަރަކީ ވެސް އިންޑިއާ މީހެކެވެ.
"ޕަންޖާބީ މީހާގެ ދީނީ ކަމެއްވީމަ އޭނާއަށް ތުނބުޅި މަތިމަސް ބެހެއްޓޭނޭ ބުނީ. ދެން އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ދީނީ ކަމެއްގެ ގޮތުގައި ތުނބުޅި ބަހައްޓަން އަޅުގަނޑުމެން ވެސް ބޭނުމޭ. އެކަމަކު އެ ފުރުސަތު ދިވެހިންނަށް ނޯންނާނެ ކަމަށް ބުނީ،" ކަންބޮޑުވުން ފާޅުކުރި މުވައްޒަފު ބުންޏެވެ.
އެ ރިސޯޓުގައި 460 މުވައްޒަފުން އުޅޭއިރު އޭގެ ތެރެއިން 260 މީހުންނަކީ ދިވެހިންނެވެ. މުވައްޒަފުން ބުނީ ރިސޯޓުގެ އިސް މަގާމުތަކުގައި ތިބީ ގިނައިން އިންޑިއާ މީހުން ކަމަށާއި ދިވެހިންނާއި އިންޑިއާ މުވައްޒަފުން ތަފާތުކުރުން ވަރަށް ބޮޑު ކަމަށެވެ.
"މިއީ އިންޑިއާ މީހުންގެ ނުފޫޒު އޮތް އެ މީހުންގެ ހާއްޔެއް،" މުވައްޒަފުންގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެކަމާ ގުޅޭގޮތުން އެ ރިސޯޓުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ބައިނަލްއަގުވާމީ ގޮތުން ޕްރެކްޓިސް ކުރާ އުސޫލުގައިވާ ގޮތުން ރިސޯޓް ފަދަ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބެން ޖެހޭނީ ތުނބުޅި އާއި މަތިމަސް ބާލައިގެންނެވެ. ރާއްޖޭގެ ހުރިހާ ރިސޯޓެއްގައިހެން އެ އުސޫލަށް އަމަލު ކުރެ އެވެ.
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ނޯ ޕޭ ލީވްގައި ދާން މަޖުބޫރުކޮށް ސޮއިކުރުވުން ގިނަވަނީ
ރިސޯޓުގައި އުޅޭ މީހުންގެ ހައްގު ހޯދަން ނުކުންނަން ޖެހޭ
ރިސޯޓް މުވައްޒަފުން ވޯޓު ލުމަށް ބޮޑު ހުރަހެއް
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
އިންޑިއާ މާކެޓް ހޯދަން ކުރާ މަސައްކަތުން ކުރިއެރުން
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
ޕީވީއާރް އިން ސިނަމާއެއް ހަދަން ބޭނުންވަނީ ރާއްޖޭގައި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި