ސާރާ އަލީ ހާނާއި ކާތިކް އާރިޔަން ލީޑް ރޯލަށް ލައިގެން، ޑައިރެކްޓަރު އިމްތިއާޒް އަލީ ފިލްމެއް ހަދަން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.
21 ޖެނުއަރީ 2019
ސާރާ އަލީ ހާނާއި ކާތިކް އާރިޔަން ލީޑް ރޯލަށް ލައިގެން، ޑައިރެކްޓަރު އިމްތިއާޒް އަލީ ފިލްމެއް ހަދަން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެ ފިލްމަކީ ސާރާގެ ބައްޕަ ސައިފް އަލީ ހާނާއި ދީޕިކާ ޕަދްކޯން 2009 ގައި ލީޑް ރޯލް ކުޅުނު ކާމިޔާބު "ލަވް އާޖް ކަލް" ގެ ދެވަނަ ބައެވެ.
މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ޕްރިތަމްގެ އައު މިއުޒިކް ކުންފުނި ޖޭމް8 ލޯންޗް ކުރަން ބޭއްވި ހަފުލާގެ ތެރެއިން ނޫސްވެރިން ވަނީ އިމްތިއާޒާ ފިލްމާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. އެގޮތުން ސާރާ އާއި ކާތިކް ހިމަނައިގެން ފިލްމެއް ގެނެސް ދޭން އުޅޭ ވާހަކަ އޭނާ ދޮގެއް ނުކުރެ އެވެ. އެކަމަކު ތަފުސީލެއް ނުދެ އެވެ.
Ranveer Singh introduced Kartik Aryan to Sara Ali Khan so awkward lmaooo pic.twitter.com/TWQdamncEJ
— Phoenix (@misogul) December 19, 2018
"އެކަހަލަ ވިސްނުމެއް އެބަހުރި. އެކަމަކު މި ވަގުތު އަދި އެއްވެސް ކަމެއް އަދި މީޑިއާތަކަށް ހިއްސާ ކުރެވޭ ވަރަށް ނިމިފައި ނުވާތީ އެ ފިލްމުގެ ވާހަކަ މި ވަގުތު ދެއްކެން ނެތީ،" ޖަބް ވީ މެޓް އާއި ރޮކްސްޓާ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "ސާރާ އާއިި ކާތިކާ އެކު ފިލްމެއްގެ ހެދުމުގެ ވިސްނުން އެބަހުރި."
އިމްތިއާޒް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2017 ގައި ޝާހްރުކް ހާނާއި އަނުޝްކާ ޝަރުމާ ލީޑް ރޯލް ކުޅުނު "ޖަބް ހެރީ މެޓް ސޭޖަލް" އެވެ. އެއީ މިހާތަނަށް އޭނާ ހެދި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ފްލޮޕެވެ.
އިމްތިއާޒް ވަނީ "ރާދާ ކްރިޝްނާ" ފޯކްލޯ އަށް ބިނާކޮށް ފިލްމެއް ހަދަން ވެސް ނިންމައިފަ އެވެ. އޭނާ ބުނި ގޮތުގައި އެއީ ބިޔަ ޕްރޮޖެކްޓަކަށް ވާނެ އެވެ. އެހެންވެ އޭގެ މަސައްކަތް ފެށޭނެ އިރެއް އަދި ނޭނގޭ ކަމަށް ބުންޏެވެ.
މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ސާރާގެ ގެ ދެ ފިލްމެއް ބެލުންތެރިންނަށް ފެނިފައިވާ އިރު، ގިނަ ބަޔަކު ވަނީ އޭނާ ވަރަށް ބޮޑަށް ބަލައިގެންފަ އެވެ. އަދި މިއީ މިހާރު ބޮލީވުޑްގެ އެންމެ އުންމީދީ އެއް ބަތަލާ ވެސް މެ އެވެ. އެހެންވެ ސާރާގެ ތިން ވަނަ ފިލްމަކަށް ކުރެވޭ އިންތިޒާރު ވެސް ބޮޑެވެ.
މިދިޔަ އަހަރު "ކެދާރުނާތު" އާއި "ސިމްބާ" ގައި އޭނާ ވަނީ މޮޅު އެކްޓިންއެއް ދައްކުވައި ދީފަ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޑައިރެކްޓަރު އިމްތިއާޒް އަލީގެ އޮފު ކެނޑުނީ؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސައިފް ކުޅުނު "ކޮކްޓެއިލް" ގެ ދެވަނަ ބައި ދަރިފުޅަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މަންމައެއް ގޮތަށް އުޅެވޭތީ ސާރާ މާފަށް އެދިއްޖެ