Roadha Mihaaru
ނިޒާރު ހުށަހެޅި މައްސަލަ ނުބަލަން އެމްޑީޕީން ނިންމައިފި

ނިޒާރު ހުށަހެޅި މައްސަލަ ނުބަލަން އެމްޑީޕީން ނިންމައިފި

20 ޖެނުއަރީ 2019

އެމްޑީޕީގެ ފަރާތުން ހިދަތޫ ދެކުނު ދާއިރާގެ ގޮނޑިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓުލުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އިންތިހާބުން ބަލިވެވަޑައިގެންނެވި މިހާރުގެ މެންބަރު އަލީ ނިޒާރު ހުށަހެޅުއްވި މައްސަލަ ނުބެލުމަށް އެ ޕާޓީން ނިންމައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އެމްޑީޕީގެ ފަރާތުން ހިދަތޫ ދެކުނު ދާއިރާގެ ގޮނޑިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓުލުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އިންތިހާބުން ބަލިވެވަޑައިގެންނެވި މިހާރުގެ މެންބަރު އަލީ ނިޒާރު ހުށަހެޅުއްވި މައްސަލަ ނުބެލުމަށް އެ ޕާޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 85 ދާއިރާއަށް ކުރިމަތިލުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި 627 ވޯޓު ލިބިވަޑައިގެން ދެ ވަނައަށް ނިޒާރު ދިޔަ އިރު 830 ވޯޓު ހޯދައިގެން ޓިކެޓު ކާމިޔާބު ކުރީ އިބްރާހިމް ނާޒިލެވެ.

އިންތިހާބަށްފަހު ނިޒާރު ވަނީ އިންތިހާބުގައި އަދި ޕާޓީ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީ އިސްލާހު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނިޒާރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ އިންތިހާބުގައި ބެހެއްޓި ބައެއް ފޮށިތަކަށް 68 މީހަކު ދެ ފަހަރަށް ވޯޓުލާފައިވާ ކަމަށެވެ.

ނިޒާރުގެ މައްސަލަ ނުބަލަން އެމްޑީޕީން ނިންމާފައި ވަނީ ނިޒާރު މައްސަލަ ޖެހުނު 68 ވޯޓު ބާތިލް ކުރި ނަމަވެސް ނާޒިލަށް ވުރެ ވޯޓުގެ ގޮތުން ކުރި ނުލިބޭނެ ކަމަށް ބުނެ އެވެ.

މީގެ އިތުރުން ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ އެއް ވަނަ އާއި ދެވަނަ އަށް ދިޔަ ކެންޑިޑޭޓުގެ ފަރަގު ކުޑަ ކަމުން އެ ފޮށިތައް އަލުން ގުނުމަށް ވަނީ ނިންމައިފަ އެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މައްސަލައެއް ބެލުމަށް ވެސް ވަނީ ނިންމައިފަ އެވެ.