Roadha Mihaaru
ލަންކާގެ މިނިވަންދުވަސް ޝަރަފުވެރި ކޮށްދެއްވާނީ ރައީސް

ލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސް

22 ޖެނުއަރީ 2019

ސްރީ ލަންކާގެ މި އަހަރުގެ މިނިވަން ދުވަހާ ގުޅޭ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ސްރީ ލަންކާގެ މި އަހަރުގެ މިނިވަން ދުވަހާ ގުޅޭ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެކަމަކު އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ އޮފީހަކުން އަދި ހާމައެއް ނުކުރެ އެވެ.

ލަންކާގެ މިނިވަން ދުވަހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ.

އެނގިފައިވާ ގޮތުގައި ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާ އަށް ދަތުރުފުޅު ކުރައްވާނީ އަންނަ މަހުގެ 3-5 އަށެވެ.

މިއީ، މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެކަމަކު، ދާދި ފަހުން އެމަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މީގެ ކުރިން ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ އިންޑިއާ އަށާއި ޔޫއޭއީ އަށެވެ. އޭގެ ތެރެއިން ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ އިންޑިއާ އަށެވެ.