ރ. މާކުރަތު ކައުންސިލް އިދާރާ އާއި ހެލްތު ސެންޓަރާއި ކޯޓު ފަޅާލައި އެ ތިން ތަނުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
26 ޖެނުއަރީ 2019
ރ. މާކުރަތު ކައުންސިލް އިދާރާ އާއި ހެލްތު ސެންޓަރާއި ކޯޓު ފަޅާލައި އެ ތިން ތަނުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި މީހުންގެ ތެރޭގައި 21 އަހަރުގެ ދެ މީހުންނާއި 19 އަހަރުގެ މީހަކާއި 62 އަހަރުގެ މީހެއް ހިމެނޭ ކަމަށެވެ.
މާކުރަތު ކައުންސިލުން ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލް އިދާރާ އާއި ހެލްތު ސެންޓަރާއި ކޯޓު ފަޅާލައިގެން ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ.
ފުލުހުން ބުނީ ހެލްތު ސެންޓަރުގެ ތިޖޫރި ވަގަށް ނަގައި ގިނަ އަދަދެއްގެ ފައިސާ ގެންދިޔަ އިރު، ކައުންސިލް އިދާރާގެ ތިޖޫރި ހަލާކުކޮށްލައިގެން ވެސް ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ.
ކޯޓުގެ ތިޖޫރި ހަލާކުކޮށްލި ނަމަވެސް، އެއްވެސް ފައިސާއެއް ތިޖޫރީގައި ނެތް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، ކޯޓު އޮފީސް ތެރޭގައި ހުރި ފައިސާތަކެއް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އާބާދީގައި 1300 އެއްހާ މީހުން ހިމެނޭ މާކުރަތު ކައުންސިލުން ބުނި ގޮތުގައި އެ ރަށުގައި ވައްކަމުގެ އެއްވެސް މައްސަލައެއް މީގެކުރިން ރިކޯޑް ކުރެވިފައި ނުވެ އެވެ. އަދި މިއީ، ރަށުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ވައްކަމުގެ ހާދިސާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
"ކުށް ކުރާ މީހުން އެއްވެސް ގޮތަކަށް ނޫޅެއޭ ބުންޏަސް ދޮގަކަށް ނުވާނެ. އެހާ ވެސް އަމާން ރަށެއް މިއީ. އެހެން އެކަން އޮއްވައި، ވަރަށް ހިތާމަވެރި ހާދިސާއެއް މި ހިނގީ،" މާކުރަތު ކައުންސިލަރު ވިދާޅުވި އެވެ.
މާކުރަތުގެ ވައްކަމާ ގުޅިގެން އިތުރު 2 މީހަކު ހައްޔަރު
ހުޅުޖެހުން، ވައްކަމުގެތުހުމަތަށް އިިތުރު މީހަކު ހައްޔަރު
ވަގުކަލޭގެއަށް ތިޖޫރި ނުހުޅުވުނު، ފުލުހުން އެ ހޯދައިފި
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ހައްޔަރުކުރި ބިދޭސީއަކީ ކޮންޓެއިނަރު ނައްތާލި މީހާ
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ޑޮލަރު ފޭރުނު މައްސަލަ: ޝަރީއަތް ނިމެންދެން ބަންދަށް